ރައީސް ސޯލިހު
ހަބަރު
10 Dec 2024 | 22:06
މި ސަރުކާރުން އަދި ސްޕްރީމްކޯޓުގެ ބެންޗުވެސް ބަދަލުކުރާނެ: ރައީސް ސޯލިހު

މިހާރު މިއޮތް ސަރުކާރުން އަދި ސްޕްރީމްކޯޓުގެ ބެންޗުވެސް ބަދަލުކުރާނޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ. މިގޮތުން ސަރުކާރުގެ އަމަލުތައް މިހާހިސާބަށް އާއިރު ހުރީ އެބީދައިންކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ޤާނޫނު އަސާސީއަށް މިފަހުން މަޖިލީހުގެ މެޖޯރިޓީ ބާރު ބޭނުންކުރައްވައިގެން ފާސްކުރެއްވި އިސްލާހުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ދެން މަސައްކަތްކުރާނީ ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ކަމަށެވެ. 

ދެން އަޅުގަނޑުމެނަށް ފެނިގެންދާނީ މި ސަރުކާރުގެ ދެން އަޅާނޭ ފިޔަވަޅަކީ ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ

ރައީސް ސޯލިހު ވިދާޅުވިއެވެ

ނިމިގެންދިޔަ އެމްޑީޕީ ވެރިކަމުގައި ރައީސްކަމުގެ މަގާމު ފުރުއްވި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ހަގީގީ ސިފަ ފެނިގެންދާނީ ސްޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނަ ހިސާބުން ކަމަށެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުން ވަނީ މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި، މަޖިލީސް ހިސޯރުކޮށް، ބޭންކުގެ ތެރެއަށް އަތްބާނައި ހދުމުހުތާރު ވެރިކަމެއް ކުރުމަށް އަޅަންޖެހޭނެ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން މަރުކަޒީ ބޭންކުގެ ބާރުތައް ރައީސް އޮފީހަށް ނަގައި، މަނިޓަރީ ޕލިސީގެ މިނިވަންކަން މުޅިން ނައްތާލައި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއަށް އަތްބާނައި ބޭންކުގައި ރައްޔިތުން ފަހަށް ރައްކާކުރަން ބަހައްޓާފައި ހުރި ފައިސާކޮޅާމެދުވެސް އިތުބާރު ގެއްލޭ ގޮތަށް ކަންކަންކޮށްފައިވާކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކިތަންމެ ދަތިކުރި ނަމަވެސް ސަރުކާރު ޖަވާބުދާރީކުރަން އިދިކޮޅު އެމްޑީޕީން ނިކުންނާނޭކަމަށެވެ.

ކޮމެންޓް
އާދަމް
ތިމާވެސް އެބެންޗު ބަދަލުކުރި
10 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.