ބ އޭދަފުށި
ހަބަރު
11 Dec 2024 | 09:56
އޭދަފުށީގައި ގެސްޓް ހައުސް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ބ. އޭދަފުށީ ކައުންސިލުން ރަށުގައި ގެސްޓް ހައުސް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ފޮތް ގަނެފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކޮށްފިއެވެ.

މި އިޢުލާނުގައިވާ ގޮތުން، ގެސްޓް ހައުސް ހެދުމަށް ބ. އޭދަފުށީގެ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ 10،000 އަކަފޫޓުގެ ދެ ބިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ބިން ދެ ބިޑް ފޮތެއްގެ ގޮތުގައި ވިއްކުމަށް ވެސް ވަނީ ނިންމާފައެވެ.

މި ބިންތަކުގައި އަމިއްލަ ޚަރަދުގައި ގެސްޓް ހައުސް އިމާރާތްކޮށް، ހިންގައި، ބަލަހައްޓައި އަދި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް  ގަތުމުގެ ފުރުޞަތު ވަނީ 5 ޑިސެންބަރު 2024 އިން ފެށިގެން 5 ޖެނުއަރީ 2025 އަށް ހުޅުވާލާފައިވެއެވެ. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު 6 ޖެނުއަރީ 2025 އިން 9 ޖެނުއަރީ 2025 އަށް ދެވޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 13 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވަނީ ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށް ނުވަތަ ކުންފުނިތަކަށެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ވެސް އިޢުލާނުގައި ހިމަނާފައިވެއެވެ.

ކޮމެންޓް
މޮޔަވީތަ
ގަހެއް ރުކެއް މޫދެއް ނެތް ރަށެއް. ކާކު ގެސްޓް ހައުސް އަޅަނީ…؟
11 Dec 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ