އެމްޑީޕީގެ ”ގާނޫނު އަސާސީގެ ދިފާޢުގައި“ ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Dec 2024 | 10:39
ރައްޔިތުންގެ ހައްގުގައި ނުކުންނަ މެމްބަރަކު ވަކިކޮށްފިނަމަ އަލުން އިންތިހާބުކޮށްދިނުމަށް އެމްޑީޕީން އެހީވާން ނިންމައިފި

ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމުގެ ސަބަބުން ނުވަތަ އެމްޑީޕީއިން އެ މަގުސަދުގައި ހިންގާ ހަރަކާތަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން މަޖިލިސް މެމްބަރަކު، މެމްބަރުކަމުން ވަކިކޮށްފި ހާލަތުގައި އެ މީހަކު އަލުން އިންތިހާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ފާސްކޮށްފިއެވެ.

އެމްޑީޕީން ރޭ 'ގާނޫނު އަސާސީގެ ދިފާއުގައި'ގެ ނަމުގައި ޖަލްސާ ބޭއްވުމުގެ ކުރިން، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވާއިރު، އެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ގަރާރަކާއި ޕެޓިޝަނެއް ފާސްކޮށްފައެވެ.

އެމްޑީޕީން ފާސްކުރި ގަރާރުގައި ބުނެފައިވާގޮތުން، ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅިގެންދެއެވެ.

އަދި ރައްޔިތުންގެ މަސްލަހަތާއި ހިލާފަށް ސިޔާސީ ޕާޓީން އަންގާ ގޮތަށް އަމަލުނުކުރުމުގެ ސަބަބުން މަޖިލީސް މެމްބަރުންގެ، މެމްބަރުކަން ގެއްލިގެންދާ ހާލަތެއް އުފަަންކޮށްފައިވަނީ ގާނޫނު އަސާސީއާވެސް ހިލާފަށްކަމަށް ބުނެފައުވެއެވެ.

ހަމަ އެހެންމެ، ގާނޫނުއަސާސީއަށް މިފަހުން ގެނެސްފައިވާ ބަދަލަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރަން އޮތް މިނިވަން އިހުތިޔާރުވެސް ނިގުޅައިގަންނަ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއިވެސް ހިލާފު އިސްލާހެއްކަމަށް އެ ގަރާރުގައިވެއެވެ.

މިއާއެކު ގަރާރުގައި ބުނީ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ގޮތުން ބުނި ބަހެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ، ރައްޔިތުންގެ މަސްލަހަތުގައި އެމްޑީޕީން ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ އެމްޑީޕީގެ މެންބަރަކަށް ވުމުގެ ސަބަބުން އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެ ނަމަ، އެ ހާލަތްތަކުގައި އެ މެންބަރަކަށް އެމްޑީޕީން އެހީތެރިވާނެ ކަމަށް ގަރާރުގައިވެއެވެ.

"އެ މެންބަރަކު ތަމްސީލު ކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އެ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ރައްޔިތުންގެ މަޖިލީހުން ވަކިކުރި މެންބަރު ވާދަކުރާނަމަ މި ޕާޓީން އެ މެންބަރަކަށް ތާއިދު ކުރުމަށާއި އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަސައްކަތް ކޮށްދިނުމަށް އެއްބަސްވެ މަތީގައި ބުނެވުނު އެންމެހާ ކަންކަމެއް ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލިސް އިގުރާރުވަމެވެ." އެ ގަރާރުގައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ