ކާނި ހޮޓެލްސްއިން މާފުށީގައި ހިންގަމުން އަންނަ ކާނި ބީޗް ހޮޓާ.. ފޮޓޯ: ކަވިންޓިއޯ
ހަބަރު
11 Dec 2024 | 15:29
ޓެކްސްއަށް މަކަރު ހަދާތީ، ކާނި ހޮޓެލްސް އަށް ދައުވާކުރަނީ

ޓެކްސްއަށް މަކަރުހަދާތީވެ، ކާނި ހޮޓެލްސް އާ ދެކޮޅަށް ދައުވާކުރުމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނީ، ކާނި ހޮޓެލްސް އިން ޓެކްސްއަށް ގަސްތުގައި މަކަރު ހަދާކަމަށް ތުހުމަތު ކުރެވޭތީވެ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެދިފައިވާނޭ ކަމަށެވެ. މީރާއިން ވަނީ ކާނި ހޮޓެލްސްއިން ޓެކްސް ދެއްކުމުގައި މަކަރުހަދާކަން ފާހަގަކުރެވިގެން އެ މައްސަލަ ތަހުގީގުކޮށްފައެވެ.

މީރާއިން ވަނީ ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ކާނި ޕާމްބީޗް، ކާނި ގްރޭންޑް ސީވިއު، ކާނިވިލެޖް، އަދި ކާނި ބީޗް ހޮޓެލްސްގެ ވިޔަފާރިތައް ބަލާފާސްކޮށްފައެވެ. ފާސްކުރިކުރުމުން 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެ ހޮޓާތަކުން މީރާއަށް ހުށަހަޅާފައިވާ ގްރީންޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތައް ސައްހަނޫންކަން ޓެކްސް އިދާރާއިން ބުނެއެވެ. މީރާއިން ވަނީ އެއީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ފާހަގަކޮށްފައެވެ. 

ފާހަގަކުރެވުނު ކަންކަން

- ރެސްޓޯރެންޓް/އެއާޕޯޓް ޓްރާންސްފާ އަދި ސްޕާގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައި ހިމަނާފައިނުވުން.

- ޓްއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި އަމިއްލައަށް އަންނަ ފަތުރުވެރިންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓްކޮށްފައިނުވުން.

- ހޮޓެލްސްއަށް އަންނަ ފަތުރުވެރިންގެ މައުލޫމާތު މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ހިމަނާފައިނުވުން.

މީރާއިން ވަނީ އެ މައްސަލާގައި ކާނިހޮޓަލުގެ ވިޔަފާރިއާ ގުޅޭ ލިޔެކިއުންތައް ބަލައި ކަމާގުޅޭ މީޙުންގެ ބަޔާންތައް ނަގާފައެވެ. މީގެ އިތުރުން މީރާއިން ވަނީ ކާނި ހޮޓެލްސް އެންޑް ޓުއާސް އާއި އަސްނާ އިންވެސްޓްމަންޓްސްގެ ދެ ޑިރެކްޓަރުންކަމަށްވާ  ޢަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާގެ އިތުރުން އެކައުންޓަންޓް އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް އެދިފައެވެ.

މީރާއިން ވަނީ ކުރެވުނު އޮޑިޓްތަކުން ކާނި ހޮޓަލުން 8 ލައްކައަށްވުރެ ގިނަ ޑޮލަރު، ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 13.3 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ދައްކަންޖެހޭކަން ފާހަގަކުރެވޭތީވެ، އެފައިސާ ދެއްކުމަށް ކާނި ހޮޓެލްސްއަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.