ހޯރަފުށީގައި ހުންނަ މިސްކިތެއް.. ފޮޓޯ: ޒުވާން މަސްވެރިޔާ
ހަބަރު
11 Dec 2024 | 19:31
ތަރާވީޙް ނަމާދުކުރުމަށް ބޭރުން ގެންނަ ޙާފިޡުންނަށް ހުއްދަދޭން ފަށައިފި

ކުރިއަށްއޮތް ރޯދަމަހު ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ ދޭން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ, މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމަށް ހުއްދަ އަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރުމަށްފަހު، އަންނަ ޖެނުއަރީމަހުގެ 20 ވާ ހޯމަދުވަހުގެ ނިޔަލަށް ކަމާގުޅޭ ލިޔެކިއުންތައް ހަމަކުރުމަށްފަހު ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. ރަށްރަށުން ފޯމް ހުށަހަޅަން ޖެހެނީ އެރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސިޓީ ކައުންސިލުގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާ އިން ފޯމާއި އެކަމާގުޅޭ ލިޔުންތައް ފެބުރުއަރީ މަހުގެ 16 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހޭނޭކަމަށެވެ.

ބޭރުގެ ޙާފިޡުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 (ދުއިސައްތަ) ރުފިޔާގެ މަގުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ވަރކްޕާމިޓް) އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާ އެއް މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.