އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ސަރަހައްދު ދުމަށްވެފައި: ފޮޓޯ/ ވޮއިސް
ހަބަރު
12 Dec 2024 | 09:58
ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ފަލާހް ޕްރީ ސްކޫލުގެ ކުދިން ގެއަށް ފޮނުވާަލައިފި

މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން ދިޔުމާ ގުޅިގެން އެ ސަރަހައްދުގައި ސްކޫލުތަކުގެ ދަރިވަރުން ގެއަށް ފޮނުވާލައިފިއެވެ.

އެގޮތުން ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ފަލާހް ޕްރީ ސްކޫލުގެ ކުދިން ގެއަށް ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ސަބަބުން އަރަމުންދާ ދުމުން މުޅި ބޮޑު ތަކުރުފާނު މަގު އޮތީ ކަޅު ކޮށްލާފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިވެސް އަންނަނީ  ހަރަކާތްތެރިވަމުން ނެވެ.

އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ، ހަައުސިން މިނިސްޓްރީގައި ހުރި ޓިނު އިމާރާތެއްގައި، އެ އަލިފާންގަނޑު ގޮސް ފެތުރުނީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތަށް ފެތުރި، އެ ދެ އިމާރާތް އެއްކޮށް ވަނީ އަނދާފައެވެ. އަދި، އަލިފާންގަނޑު މިހާރު ވަނީ ގްރީން ބިލްޑިން އަށް ފޯރާފައެވެ.

ގްރީން ބިލްޑިންގައި ހިމެނެނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ. 

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއާޕޯޓު ފަޔަރ ފައިޓަރުންގެ އެހީ ހޯދައިފައިވާއިރު، ފުލުހުން އަންނަނީ ލިޔެކިޔުންތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

އެ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ