ހައުސިންގް މިނިސްޓްރީގެ އަލިފާނުގެ ހާދިސާ: ފޮޓޯ/ ވޮއިސް
ހަބަރު
12 Dec 2024 | 10:20
ހައުންސިންގ މިނިސްޓްރީގައި ރޯވުން: ފްލެޓް ލިސްޓަާ ގުޅޭ ލިޔެކިޔުންތަކަށް އެއްވެސް އަސަރެއް ނުކުރޭ: މިނިސްޓްރީ

މިއަދު ހެނދުނުގެ ވަގުތެއްގައި ހައުންސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް ލިޔުމަކަށް އަސަރު ނުކުރާ ކަށް އެ މިނިސްޓްރީން ބުނެފިއެވެ. 

ހައުސިންގ މިނިސްޓްރީން މިހެން ބުނީ މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ. 

އެގޮތުން އެ މިނިސްޓްރީން ބުނީ އެ މައުލޫމާތަކީ ކްލައުޑްހޯސްޓިންގައި އޮންލައިންކޮށް ރައްކާކުރެވިފައިވާ ހުރި މައުލޫމާތުތަކެއް ކަމުން އެ މައުލޫމާތު ސަލާމަތުން އެބަ ހުރި ކަމަށެވެ.

އަދި މި ހާދިސާގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.

މިއަދު ހެނދު، ގާތްގަނޑަކަށް: 7:30 ހާއިރު ރޯވި މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ، ހަައުސިން މިނިސްޓްރީގައި ހުރި ޓިނު އިމާރާތެއްގައި، އެ އަލިފާންގަނޑު ގޮސް ފެތުރުނީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތަށް ފެތުރި، އެ ދެ އިމާރާތް އެއްކޮށް ވަނީ އަނދާފައެވެ.

އަދި، އަލިފާންގަނޑު މިހާރު ވަނީ ގްރީން ބިލްޑިން އަށް ފޯރާފައެވެ. ގްރީން ބިލްޑިންގައި ހިމެނެނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ. 

އަލިފާނުގެ ސަބަބުން އަރަމުންދާ ދުމުން މުޅި ބޮޑު ތަކުރުފާނު މަގު އޮތީ ކަޅު ކޮށްލާފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިވެސް އަންނަނީ ހަރަކާތްތެރިވަމުން ނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއާޕޯޓު ފަޔަރ ފައިޓަރުންގެ އެހީ ހޯދައިފައިވާއިރު، ފުލުހުން އަންނަނީ ލިޔެކިޔުންތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ