އެމްޑީޕީ ޕީޖީ ޕްރެސް... ފޮޓޯ މަޖިލީހުގެ އިދާރާ
ހަބަރު
12 Dec 2024 | 16:40
ރައީސް ސޯލިހާއި، ފައްޔާޒް އަދި ޝިޔާމްގެ މައްސަލަ ބަލަނީ ބިރުދައްކަން: އެމްޑީޕީ

ރައީސް ސޯލިހާއި، ފައްޔާޒް އަދި ޝިޔާމްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީ އެމްޑީޕީއަށް ބިރުދައްކަން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ މައްސަލަތައް ބެލުމަށް ސަރުކާރުން ނިންމީ ސިޔާސީގޮތުން ބިރުދެއްކުމަށް ކަމަށެވެ. ގަޕޯ ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޢާނޫނުއަސާސީގެ 115 ވަނަ މާއްދާގައި އެންމެހާ ރައްޔިތުން ހައްގުތައް ހިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައި އޮންނަ ކަމަކަށްވާއިރު، އެމްޑީޕީ ސަރުކާރުން ސެޓުލްމަންޓުތައް ހަދާފައިވާނީ އެ އޮންނަ އުސޫލުގެ މަތިންކަމަށެވެ. 

ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށް ފާސްކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވަނީ ބިރުދައްކަންކަމަށް ގަޕޯ ވިދާޅުވިއެވެ.

މި ސަރުކާރުން އެ މައްސަލަ ބަލަން އުޅެނީ ގޮތްހުސްވެގެންކަން ފާހަގަކުރައްވަމުން ގަޕޯ ވިދާޅުވީ، ސަރުކާރުގެ ކަންކަން ފެންނަމުންދަނީ ވަރަށް ގޯސްކޮށް ކަމަށާއި، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ފެންނަމުންދަނީ އުސޫލުން ބޭރުން ކަންކަން ކުރަމުންދާކަމަށެވެ. މިގޮތުން ތެލާއި ކާޑުގެ ބާވަތްތައް ގެނައުމަށް މިހާރުވެސް ބޮޑު އިންޓްރަސްޓާއެކު 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގުމަށް ނިންމާފައިވާކަމަށެވެ. ތިން އަހަރުތެރޭގައި އެ ލޯނު އަނބުރާ ދައްކާއިރު އިންޓްރަސްޓަށް އެކަނިވެސް 15 މިލިއަން ޑޮލަރު އަރާކަމަށް ގަޕޯ ވިދާޅުވިއެވެ.

މިއަދު ކަންކަން ކުރަމުންދަނީ އެންމެ މީހެއްގެ ވިސްނުމަށް ބުރަވެ ކަމަށާއި، ބޭރުފައިސާ ގަނެ ވިއްކުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީވެސް ޓޫރިޒަމް ސިނާއަތަށް ބެލުމެއްނެތިކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ތެރެއިން އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޒިއްމާދާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. މިގޮތުން ނިމިގެންދިޔަ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދޫކުރި ބިމާއި ފްލެޓްތައް ދިނުން އަވަސްކުރުމަށް މަސައްކަތްކުރިނަމަވެސް ސަރުކާރުން އެ ފްލެޓްތަކާއި ބިންތައް ދޫކުރުން ދައްމާލާފައިވާކަން ނާޒިލް ފާހަގަކުރެއްވިއެވެ. އެންމެފަހުން އެކަމާ ގުޅޭ އިދާރާ މިއަދު އަނދައިގެން ދިޔައިރު، މިކަމާ ގުޅޭގޮތުން ދެން ސަރުކާރުން ބުނާނެ އެއްޗެއް ނޭނގޭކަމަށާއި، މިކަމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.