ޓެކްސީ ޑްރައިވަރުން އިއްޔެ ހަވީރު މުޒާހަރާގައި... ފޮޓޯ/ވޮއިސް
ހަބަރު
12 Dec 2024 | 17:53
ޓެކްސީތައް ހިފަހައްޓައި ޑްރައިވަރުން ހައްޔަރުކުރީ، އާއިލާތަކަށް ދަތިކުރަން: އެމްޑީޕީ

ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ބައެއް ޓެކްސީތައް ޓޯކޮށް ބައެއް ޑްރައިވަރުން ހިފެހެއްޓުމަކީ ފުލުހުން އެ ޓެކްސީތަކުގެ އާއިލާތަކަށް ދަތިކުރުމުގެ ނިޔަތުގައި ކުރިކަމެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އިއްޔެއިން ފެށިގެން ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ މުޒާހަރާ ރޭ ހޫނުވެ، ފުލުހުން ވަނީ ބައެއް ޓެކްސީތައް ޓޯކޮށް، ބައެއް ޓެކްސީ ޑްރައިވަރުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އާއްމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް މުޒާހަރާކުރުމުން 22 އުޅަނދަކާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މީގެ ތެރެއިން ދެ މީހަކު 5 ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއިރު، އަނެއް މީހާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލާގައި ލުއި އަދަބު ދެވެން އޮއްވައި އެންމެ ހަރުކަށި އަދަބު ފުލުހުން ހިޔާރުކުރީ ޓެކްސީ އާއިލާތަކަށް ދަތިކުރުމަށް ކަމަށެވެ. އެމްޑީޕީން ބުނީ ޓެކްސީ ޑްރައިވަރުންނަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީއަށް ބަރޯސާވެގެން ދިރިއުޅޭ ބައެއް ކަމަށްވާއިރު، ޓެކްސީތައް 30 ދުވަހަސް ހިފެހެއްޓުމަކީ އެ އާއިލާތަކުގެ އާމްދަނީ ހުއްޓުވާލުން ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ލުއި އަދަބެއް ދެވެން އޮއްވައި އެންމެ ހަރުކަށި އަދަބު އިހުތިޔާރުކޮށްފައިވަނީ ތެކްސީ ޑްރައިވަރުން ކުރަމުންދާ ސުލްހަވެރި އިހުތިޖާޖު ހުއްޓުވާލައި އާއިލާތަކަށް ގެއްލުންދިނުމުގެ ނިޔަތުގައިކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމާއި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ހައްގަކީ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ. އާމްދަނީ ހޯދުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ހިފެހެއްޓުމަކީ މި މާއްދާގެ ދަށުން ލިބިދޭ އަސާސީ ހައްގަކަށް ހުރަސްއެޅުންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު އެމްޑީޕީން ބުނީ ހައްޔަރުކުރި 3 ޑްރައިވަރުންނަށް އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި ޑްރައިވަރުންގެ އުޅަނދުތައް އަނބުރާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްވެސް ކުރަމުންދާކަމަށެވެ

ކޮމެންޓް
އަހުދުނާމާ
ބުނި ވާހަކަ އަކައް ރައްޔިތުންނައް ޖެއްސުންކުރީމަ ހައްޔަރު ވެސް ކުރާނެ ކަމެއް ނުކޮއް އޮއްވަ ނުކުރާނެ. ތިއުޅެނީ އަނެއްކާ ވެސް ބަޔަކު ގުބޯހައްދަން
12 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.