އެމްއައިޓީޑީ ބަރެސްދޫ މަޝްރޫޢުގެ ނަމޫނާ ކުރެހުމެއް
ހަބަރު
12 Dec 2024 | 22:19
އޮޑިޓަރ ޖެނެރަލް އެމްއައިޓީޑީސީ ސިފަކުރެއްވީ މަރުވެފައިއޮތް ކުންފުންޏެއްގެ ގޮތުގައި

އެއީ ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އުފެއްދި އެ ކުންފުނީގެ ބޭނުމަކީ ދިވެހިރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަށް އެހީތެރިވުމެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އެމްއައިޓީޑީސީގެ ހާއްސަ އޮޑިޓަށް ބަލާއިރު، ބަނގުރޫޓްވަމުންދާ ކުންފުންޏަކުން ފެންނާނެ ހުރިހާ ސިފަތަކެއް އެކުންފުނީގެ މާލީހިސާބުތަކަށް ބަލާލުމުން ދޭހަވެއެވެ.

އެމްއައިޓީޑީސީ އުފެދުނުފަހުން 2023 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި އެކަންޏަށްބެލި ނަމަވެސް 137.8 މިލިއަން ރުފިޔާ އެބައޮތެވެ. ކުންފުނީގައި މިވަގުތު ހުރީ އެންމެ 3.1 މިލިއަން ރުފިޔާގެ އެސެޓެވެ. ހަމައެކަނި މި ދެ އަދަދަށް ބަލާލިނަމަވެސް އެމްއައިޓީޑީސީގެ ހާލަތުއޮތްގޮތް ވަރަށް ސާފެވެ. 

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އެމްއައިޓީޑީސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި އެކުންފުނީގެ ކުރިމަގާ ގުޅޭގޮތުން ބުނެފައިވަނީ، ސަރުކާރުގެ އިތުރު މާލީ އެހީތެރިކަން ނުލިބި، އެކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކިދާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެމްއައިޓީޑީސީން ކުރިއަށްގެންދިއުމަށް މަސައްކަތްކުރި އެއްވެސް ޕްރޮޖެކްޓެއް ނިމުމަކަށް އައިސްފައި ނުވުމާއި އެކުންފުނީގެ ފަށާފައިވާ އެއްވެސް ޕްރޮޖެކްޓަކުން އަވަސް މުސްތަގްބަލެއްގައި އާމްދަނީ ލިބޭނޭކަމަށް ނުފެންނާތީވެ، އެމްއައިޓީޑީސީއަކީ ދެމެެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއްކަމަށް ނުބެލެވޭކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަން:

- ކއަތޮޅުން ފަޅެއް ހިއްކަިއގެން ކުރިއަށްގެންދިއުމަށް ނިންމި ޕްރޮޖެކްޓަށް 3.6 މިލިއަން ރުފިޔާ ހަރަދުކުރުމަށްފަހު އެ ޕްރޮޖެކްޓް ހުއްޓާލާފައިވުން.

- ކާށިދޫ ޓޫރިސްޓް ވިލެޖް މަސައްކަތްކުރުމަށް ކޮންޓްރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރިއަށްގެންގޮސްފައިވާ ގޮތުގެ  ކިތާބީހެކި ނެތުން

- ކކާށިދޫ މަސައްކަތްތަކަށް 26.7 މިލިއަން ރުފިޔާ އެމްއައިޓީޑީސީން ހަރަދުކުރިނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ނުނިމި ހުއްޓުމަކަށް އައިސްފައި ހުރުން.

- ބަރެސްދޫގައި ގާއިމްކުރުމަށް ކަނޑައެޅި ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައިހުރުން.

- ބަރެސްދޫގައި ގާއިމްކުރުމަށް ކަނޑައެޅި އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލާފައިވާއިރު، އެޑްވާންސް ޕޭމަންޓަށް ކޮންޓްރެކްޓަރަށް ދިން 975،000 ޑޮލަރުން އެއްވެސް ފައިސާއެއް ހޯދާފައިނުވުން. އަދި އެއްބަސްވުމުގައި ބަޔާންކުރާ ޕާފޯމަންސް ސެކިއުރިޓީ އެމްއައިޓީޑީސީން ހޯދާފައިނުވުން ހިމެނެއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ ބަސްރެސްދޫ، އަދި ކާށިދޫގައި ހެދުމަށް ނިންމާފައިވާ ޓޫރިސްޓް ވިލެޖް ޕްރޮޖެކްޓް އަދި ކ.އަތޮޅެ 10 ފަޅެއް ހިއްކާ ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓް ފާމަށް 52.3 ހަރަދުކޮށްފައިވީނަމަވެސް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައި ނުވާކަމަށެވެ.

-

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.