ހައްޔަރު ކުރެވުނު ޓެކްސީ ޑްރައިވަރުން: ފޮޓޯ/ ޕޮލިސް
ހަބަރު
13 Dec 2024 | 10:03
ހަޅުތާލު ކޮށްގެން ހައްޔަރު ކުރި އެއް ޓެކްސީ ޑްރައިވަރު ދޫކޮށްލައި، އަނެއް ދެމީހުން ބަންދަށް

ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް, އިހުތިޖާޖު ކުރުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ޓެކްސީ ޑްރައިވަރުންގެ ތެރެއިން އެކަކު، ޝަރުތުތަކާއެކު ދޫކޮށްލައި އެމްޑީޕީގެ އަނެއް ދެމީހުން ބަންދު ކޮށްފިއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށާތީ، ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން، ހުޅުމާލެ ފަޅިން ބްރިޖަށް އަރާ ހަލިމަގު (ހައިވޭ) ބަންދުކޮށް، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޢަމަލުތަކެއް ހިންގާފައިވެއެވެ. 

އެގޮތުން، އެ ސަރަހައްދު ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކޮށް، ޓެކްސީތައް ބޭނުންކޮށްގެން މަގު ބަންދުކޮށް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެއެވެ. މި ސަބަބާހުރެ އެ މަގުން ދަތުރުކުރެވެނީ ހަމައެކަނި ސައިކަލުތަކަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން، އާންމު ދަތުރުފަތުރަށް ހުރަސް އަޅައި ހުޅުމާލޭގެ މަގުތައް ބްލޮކް ކޮށްފައިވާ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހަތަރު ފުރޮޅުލީ 22 އުޅަނދު ޓޯ ކޮށްފައިވާކަމަށެވެ.

އެގޮތުން ހައްޔަރު ކޮށއފައިވަނީ، މުޙައްމަދު ޝާމިން، މއ.ވިރާޙު، ކ.މާލެ،  އަޙްމަދު ޝަބީން، ސަންރޭ، ލ.ދަނބިދޫ، އަދި ނޫމާން އަޙްމަދު، ހޮލިޑޭ ވިލެޖު، ހދ.ކުމުންދޫ، އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޝާމިން އާއި އަޙްމަދު ޝަބީން 5 ދުވަސް ވަންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ނޫމާން އަޙްމަދު ޝަރުތު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ