އިއްޔެގެ އަލިފާނުގެ ހާދިސާ
ހަބަރު
13 Dec 2024 | 15:30
އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 ވުޒާރާގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 ވުޒާރާގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ފަށައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެ އިމާރާތާއި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

އެހެންކަމުން އެ ތިން ވުޒާރާއިން ދޭ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކުރިއަށް ގެންދިޔުމަށް، އެ ވުޒާރާތަކުގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފައެވެ.

މި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް، ކައުންސިލުން ބަލަހައްޓާ މާލޭ ރައްޔިތުންގެ އުފަން ރިކޯޑާއި ރަށްވެހިކަމުގެ އެކި ބާވަތުގެ ސެޓްފިކެޓާއި ގޯތި ގެދޮރުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީއާއި އިމާރާތުގެ ހުއްދަތައް ފަދަ ލިޔެކިޔުންތައް ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.

އަދި އެ ތަނުން ދޭ ޚިދުނަތްތަކަށް ބުރޫ ނާރާނެހެން މާލެ ސިޓީ ކައުންސިލުން ދެމުންއައި ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ