ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު: ފޮޓޯ/ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
13 Dec 2024 | 21:07
ސާވާ ސަލާމަތެއް ނުކުރެވުނު؛ އޭގައި ހުރި ހުރިހާ ޑޭޓާ ގެއްލިގެން އެ ދިޔައީ: ވަޒީރު ހައިދަރު

އިއްޔެ ހެނދުނުގެ ވަގުތެއްގައި، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ ހުން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ވުޒާރާގެ ސާވާ ގެއްލުންވެފައިވާ ކަމަށާ އެ ސަލާމަތް ނުކުރެވުމުގެ ސަބަބުން އޭގައި ހުރި ހުރިހާ ޑޭޓާ އެއްކޮށް ގެއްލިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޑރ. ހައިދަރު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ވުޒާރާގެ ހުރިހާ ލިޔެކިޔުންތަކަކާއި ޑާޓާއެއްހެން ގެއްލިގެން ގޮސްފައިވާ ކަމަށެވެ. 

ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ. އެހެން ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް. އެއޫ އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި، އަދި އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫޢު ތަކެއްގެ މައުލޫމާތުވެސް ހަމަ ރައްކާކުރެވިފައި ހުންނާނީ ސާވާގައި. އެ ސާވާއަށް އެކްސެސް ނުލިބޭ ކަމަށް ވަންޏާ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ. ދެން ހުރިހާ ލިޔެ ކިޔުމެއްވެސް އަނދައި އެ ދިޔައީ

ވަޒީރު ޑރ.ހައިދަރު

މިނިސްޓަރު ހައިދަރު އިތުރަށް ވިދާޅުވީ ސަރވާ ރިކަވަރ ނުކުރެވުނު ނަމަވެސް ފްލެޓް ލިސްޓަށް އަސަރު ނުކުރާނެ ކަމަށެވެ.

ނަސީބަކުން އަޅުގަނޑުމެން ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތަކާއި ގެދޮރުވެރިކަމުގެ މަޝްރޫއާއި ބިންވެރިކަމުގެ ހުރިހާ މަޝްރޫއެއްގެ މައުލޫމާތެއް ރައްކާކުރަމުންދިޔައީ ކްލައުޑުގައި. އެހެންވީމަ ސާވާއަށް ގެއްލުން ލިބުނަސް އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބެން ހުންނާނެ ކްލައުޑުން.

ވަޒީރު ޑރ ހައިދަރު

ވަޒީރު ހައިދަރު އިތުރަށް ވިދާޅުވީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެކަމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ލިބެމުންދާކަމަށާ އެ މަސައްކަތް މިރޭ 10:00އަށް ނިންމާލެވޭނެ ކަމަށެވެ.

އަދި އަންނަ އާދީއްތަ ދުވަހު ވުޒާރާގެ މަސައްކަތް ދަރުބާރުގޭގައި ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ދެ ވުޒާރާގެ މަސައްކަތްވެސް ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ