ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވަނީ.. ފޮޓޯ:ރައީސް އޮފީސް
ހަބަރު
14 Dec 2024 | 10:00
ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފި

މިދިޔަ ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ބްރާސްފަތި ދުވަހު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ، ހައުސިން މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ތިމާވެއްޓާ ބެހޭ ވުޒާރާގެ އިތުރުން މާލެސިޓީ ކައުންސިލަށް ނިސްބަތްވާ ބައެއް ސެކްޝަންތައް ހިންގަމުންދިޔަ އޮފީސް އިމާރާތް އަނދައިގެން ގޮސްފައެވެ.

ދަރުބާރުގޭގައި ތިން ވުޒާރާއެއްގެ ހިދުމަތްތައް ދިނުމުގެ ގޮތުން ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ރޭ ކުރި ޒިޔާރަތުގައި އެމަނިކުފާނުވަނީ، އެކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ އިރުޝާދު ދެއްވަވާފައެވެ. 

ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވަނީ.. ފޮޓޯ:ރައީސް އޮފީސް

އަލިފާނުގެ ހާދިސާގައި ސަރުކާރުގެ އެންމެ މުހިއްމު ތިން ވުޒާރާއެއްގެ ލިޔެކިއުންތައް ވަނީ އަނދައިގެން ގޮސްފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އޮފީސް އަނދައިގެން ދިޔައީ ހުރިހާ ތަކެއްޗާއެކު ކަމަށެވެ. ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ، އެ މިނިސްޓްރީގެ މުހިއްމު ބައެއް ލިޔެކިއުންތައްވެސް ވަނީ އަނދައިގެން ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެފައިވަނީ، އަލިފާނުގެ ހާދިސާގައި އެ ވުޒާރާގެ ސާވާ ގެއްލުންވެފައިވާ ކަމަށާ އެ ސަލާމަތް ނުކުރެވުމުގެ ސަބަބުން އޭގައި ހުރި ހުރިހާ ޑޭޓާ އެއްކޮށް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ މައުލޫމާތުތައް ކްލައިޑް ސްޓޯރޭޖްގައި ހުރުމުން އެ މައުލޫމާތުތައް ސަލާމަތްކުރެވިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ދަރުބާރުގެއަށް ވުޒާރާތައް ބަދަލުކުރުމުގައި އެޗްޑީސީ، ސްޓެލްކޯ ފަދަ ކުންފުނިތަކުގެ މުއައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާއިރު، މިނިސްޓަރު ހައިދަރު ވިދާޅުވީ އާދިއްތަ ދުވަހު ވުޒާރާތަކުގެ ހިދުމަތް ދިނުމައް ތައްޔާރުވަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ