ވެމްކޯގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތަކެއް
ހަބަރު
14 Dec 2024 | 12:46
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ މަސައްކަތް ފަށަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވިޔަފާރި ސިންދަފާތުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އިމާރާތްތައް ތަޅައިދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ މަސައްކަތް ފަށަން އުޅޭކަން އެކުންފުނީގެ ސީނިއާ ބޭފުޅަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މި ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމީ، ވެމްކޯގެ ވިޔަފާރި ޑައިވަރސިފައި ކުރުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ވެމްކޯއިން މިހާރު ދަނީ އެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އެކަން ކުރާނޭ އަގުތައް ކަނދައެޅުމާއި މަސައްކަތް ކުރިއަށްގެންދާނޭ ގޮތުގެ ޕްލޭންތައް މިހާރު ދަނީ ކުރިއަށެވެ.

ވެމްކޯއިން މިހާރުވެސް ތަޅާލާފައި ހުންނަ އިމާރާތްތަކުގެ ގައުކުނޑިތައް އުކާލުމުގެ ހިދުމަތްދެއެވެ. އެންމެ ފުރަތަމަ ވެމްކޯގެ ހިދުމަތް ފެށިއިރު އެކުންފުނިން ކުރަމުންގެންދިޔައީ ގޭބިސީތަކާއި، އެނޫންވެސް ތަންތަނުގައި އުފެދޭ ކުނިތައް އުކާލައި އެ ނައްތާލުމުގެ މަސައްކަތެވެ.

ވެމްކޯ ވުޖޫދަށް އައީ 2009 ވަނަ އަހަރެވެ. އެކުންފުނިން އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ކުނި އުކުމުގެ ހިދުމަތް ދޭން ފަށާފައިވަނީ 2016 ވަނަ އަހަރެވެ. ވެމްކޯއިން މިހާރު ދަނީ މާލެ ސަރަހައްދުގެ އިތުރުން، މާލެ އަތޮޅާއި އެނޫންވެސް ބައެއް ރަށްތަކުގައިވެސް ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ވެމްކޯއިން ގެންދަނީ ރިސޯޓްތަކުގައި އުފެދޭ ކުނި މެނޭޖްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ