އަލިފާނުގެ ހާދިސާގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތް އަނދަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Dec 2024 | 13:46
މުހިއްމު މައުލޫމާތުތައް އިއާދަކުރެވޭނެ.ރައްޔިތުން ކަންބޮޑުވެނުލައްވާ: މުއްތަލިބު

އަލިފާނުގެ ހާދިސާގައި ހައުސިން އަދި ކޮންސްޓްރަކްޝަން ވުޒާރާ ހުންނަ އޮފީސް އިމާރާތް އަނދައިގެން ދިޔަނަމަވެސް، ވުޒާރާތަކުގެ މުހިއްމު މައުލޫމާތުތައް އިއާދަކުރެވޭނޭކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިންގަމުންދިޔަ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ތިމާވެއްޓާބެހޭ މިނިސްޓްރީގެ ހިދުމަތްތައް ވަނީ، ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އިމާރާތް އަނދައިގެން ދިޔަނަމަވެސް، މިހާތަނަށް ބެލި ބެލުމުން ދައުލަތުގެ އިދާރާތަކުގެ މުހިއްމު ގިނަ ޑޭޓާތައް ބެކަޕް ނެގިފައި އެބަހުރިކަމަށެވެ. 

މިއީ އަގުކުރެވޭނެ ކަމެއްނޫން. އެހެންނަމަވެސް ދައުލަތުން ގެއްލިގެންދިޔަ މުދާތައް ވެލިއުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން

މުއްތަލިބު ވިދާޅުވިއެވެ

މުއްތަލިބް ވިދާޅުވީ މިނިސްޓްރީން ގެއްލިގެންދިޔަ ޑޭޓާތައް ބަލަމުންދާކަމަށާއި، ހައުސިންނާއި ރައްޔިތުންނާ ގުޅުންހުރި ޑޭޓާތަކުގެ ބެކަޕް ހުރިކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއުޅެނީ ދައުލަތުގެ ވަރަށް ބައިވަރު ޑޭޓާތައް ގެއްލިގެން ނޫންކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަދި ކޮށްދޭންޖެހޭ އެއްވެސް ކަމަކަށް ބުރޫ ނާރާނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިނިސްޓަރު މުައްތަލިބް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ތިން ވުޒާރާގެ ހިދުމަތްތައް މާދަމައިން ފެށިގެން އާއްމު ހާލަތުގައި ދެމުންގެންދާނޭކަމަށެވެ. މިގޮތުން މުއައްޒަފުންނަށް ފާހާނާ ކުރުމާއި ކެފެޓީރިއާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.