ޕީއެސްއެމް ހިންގާ އިމާރާތް: ފޮޓޯ/ ޕީއެސްއެމް
ހަބަރު
15 Dec 2024 | 09:45
ޕީއެސްއެމް އިން ބޭއަދަބީ މަންޒަރު ދެއްކުނު މައްސަލާގައި މުވައްޒަފު ސަސްޕެންޑްކޮށް މާފަށް އެދިއްޖެ

ޕީއެސްއެމުން ގެނެސްދިން ހަބަރެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދިއްޖެ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ރޭގަނޑު 19:00 ގައި ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި, ބޭއަދަބީ މަންޒަރެއް ހިމެނުފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ.  

އެކަމާއި ގުޅިގެން، ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެކަމަކީ އެ ކުންފުނީގެ ކޮންޓެންޓް އަދި އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަސް މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ދެ މުވައްޒަފަކު ސަސްޕެންޑްކޮށްފައި ވާކަމަށާ، ހަމައެހެންމެ މި މައްސަލާގައި ކަންހިނގައިދިޔަގޮތް ބެލުމަށްފަހު އިހުމާލުވި 2 މުވައްޒަފަކު ސަސްޕެންޑްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުންފުނީގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.

އަދި އެފަދަ މަންޒަރުތަކެއް ދެއްކިފައިވާތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް އިސްލާހްކޮށް މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަނަލް ކަންކަން ތަރުތީބުކުރަމުންދާކަމަށް ޕީއެސްއެމްއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ