ރައީސް މުޢިއްޒު މަހިބަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Dec 2024 | 11:09
އަންނަ އަހަރު ނިމުމުގެ ކުރީން، ނުދެވި ހުރި ހުރިހާ ރަށަކަށް ދާނަން: ރައީސް މުޢިއްޒު

ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ރަސްމީކޮށް އެރަށްތަކަށް ނުދެވި ހުރި ހުރިހާ ރަށަކަށް އަންނަ އަހަރު ނިމުމުގެ ކުރީން ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މަހިބަދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން، ރަށް ރަށަށް ވަޑައިގެން ހުރިހާ ކައުންސިލް ތަކާއި ބައްދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އެގޮތުން، މިހާރު ބައްދަލު ނުކުރެވޭ އޮތީ ހަތަރު ކައުންސިލެއް ކަމަށާ، އެކައުންސިލްތަކާ، ބައްދަލު ކުރެއްވުމުން ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ބައްދަލު ވާނެކަން ފާހަގަކުރެއްވިއެވެ. 

މިހާރު ވަޑައިނުގެންނެވި ހުރި ހުރިހާ ރަށަކަށް ދިޔުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ދެން އަޅުގަނޑު ނިންމާފައި އޮތީ، އަޅުގަނޑު ނުދާ ހުރިހާ ރަށަކަށް ދިޔުމުގެ ދަތުރުތައް. އެހެންވީމާ، އެވދަތުރުތައްވެސް ފަށާނަން. މި ދާއިރާގެ ދެންހުރި ރަށްތަކަށް ވެސް، މި އަތޮޅުގައިވެސް އަޅުގަނޑަށް ނުދެވި ހުރި ރަށްތަކަށްވެސް، ރަސްމީކޮށް ނުދެވި ހުރި ރަށްތަކަށް، އަދި މުޅި ރާއްހޭގައިވެސް ނުދެވޭ ރަށްތަކަށް، އަންނަ އަހަރު، އަންނަ އަހަރަށް ބަހާލައިގެން، އިރާދަކުރެއްވިއއޔާ އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ކޮންމެ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ގޮއްސަ ކޮންމެ ރަށެއްގެ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްދަލު ކުރާނަން. 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

އޭރުން ރައްޔިތުންނާ ބައްދަލުވެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރއްޖޭގެ ކައުންސިލް ތަކުންވެސް ފުރިހަމަ އެއްބާރުލުން މި ސަރުކާރަށް ލިބެމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެން ނަމަވެސް ރައްޔިތުންގެ ޚިޔާލުވެސް ބޭނުންފުޅުވާ ކަމަށެވެ.

އަދި މިހާރު ނުދެވި ހުރި ރަށްތަކަކީ ދޫކޮށްލާ ރަށްތަކެއް ނޫން ކަމަށާ، ހުރިހާ ރަށަކަށްވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.