މާލޭ މަގުމަތި :ފޮޓޯ/ ވޮއިސް
ހަބަރު
15 Dec 2024 | 12:02
ރޭ އެކަނިވެސް މާލޭގައި، ފުލުފުލުން ތިން ގުރޫޕް މާރާމާރީއެއް!

މާލޭގެ އެކި ކެފޭތަކަށް ވަދެ ގުރޫޕް މާރާމާރީތަކެއް ހިންގި މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޖުމްލަ ހަތަރު މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު، އެތަނުން ތިން މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. 

އެގޮތުން ފުލުހުން ބުނީ، އެއިން އެއް މައްސަލަ އަކީ މިމަހުގެ 12 ވަނަ ދުވަހު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލަ އެވެ.

އަދި ރޭ ހިނގައިދިޔަ މާރާމާރީ ތަކުގެ ތެރެއިން ފުލުހުން ތަހުގީގު ކުރަމުންދާ އެއް މައްސަލަ އަކީ، ހެލްމެޓް އަޅައިގެން ސައިކަލުތަކެއްގައި ދިޔަ ބަޔަކު މާފަންނު ސަހަރާ ކައިރީގައި ހުންނަ ދިރިޕަބްލިކް ކެފޭ ތެރެއަށް ރޭގެ ވަގުތެއްގައި ވަދެ ހަމަނުޖެހުން ހިންގާ ތަކެއްްޗަށް ގެއްލުން ދިން މައްސަލަ އެވެ. 

ރޭގެ ދެވަނަ މައްސަލައަކީ ސައިކަލެއްގައި ދިޔަ ހަ މީހަކު، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލަ އެކެވެ.

އަދި ތިންވަނަ މައްސަލަ އަކީ، ފިލިގަސްމަގުގައި ހުންނަ ނޫރު މިސްކިތް ކައިރީގައި ބަޔަކު ރޭގެ ވަގުތެއްގައި މާރާމާރީ ހިންގި މައްސަލައެވެ.

ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާ އިތުރު ތަފްސީލް ހުއްސާ ކުރާނެ ކަމަށެވެ.

ނަމަވެސް މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރި ކަމަކަށް އަދި ނުބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ