ރައީސް މުޢިއްޒު މަހިބަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައޫސް އޮފީސް
ހަބަރު
15 Dec 2024 | 12:15
ވޭޕް ވިއްކީ ހުއްދަދީގެން ކަމަށް ވިޔަސް އާއިލާތަކުން އެދުނީ އެކަން ހުޓާލަން؛ މިހާރު އެއީ މަނާ ކަމެއް: ރައީސް މުޢިއްޒު

ވޭޕްގެ ވިޔަފާރި ކުރަމުން އައި ފަރާތްތަކުން އެކަން ކުރީ ހުއްދަ ހޯދައިގެން ކަމަށް ވިޔަސް، ގައުމުގެ ދަރިން އެ ވަބާއިން ސަލާމަތް ކުރަން އާއިލާ ތަކުން އެދެމުން ދިޔަ ކަމަށާ، އެ އެދުމާއެއްގޮތަށް، މިއަދުން ފެށިގެން އެއީ މަނާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށެވެ. އަދި އެކަމުގައި އެ ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކުގެ އެއްވެސް ކުށެއް ނެތް ކަމަށް ވިދާޅުވުއެވެ.

އެހެން ނަމަވެސް އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށާ، އާއިލާތަކުން އެދެމުންދިޔައީ އެކަމުން ގައުމު ސަލާމަތް ކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައުމުގެ ރައްޔިތުން، ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ތިމަންނަމެންގެ ދަރިން، ސަލާމަތް ކޮށްދިނުމަށް. އެހެންވީމާ އަޅުގަނޑުމެން ނިންމީ އެކަން ހުއްޓާލަން. މިއަދުން ފެށިގެން، ރޭ ދަންވަރު 12 އިން ފެށިގެން، ގާނޫނީ ގޮތުން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ވިއްކުމާ، މިކަމުގެ އެއްވެސް ކަމެއް ކުރުމަކީ މަނާ ވެގެން އެދިޔައީ

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ވޭޕް ގެ އިތުރުން ދެން ހުރި ކަންކަންވެސް ހައްލު ކުރުމަށް އެ ބީދާއިން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ގައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އަދި ވޭޕްގެ އިތުރުން މަސއތުވާތަކެތީގެ ވަބާއިން އާއިލާތައް ސަލާމަތް ވުމަށްވެސް އެދޭ ކަމަށާ އެއީ ފަސޭހަކަމެއް ނޫން ނަމަވެސް، އެކަން ނުކޮށްވެސް ވާން ނެތް ކަމަށެވެ. އެހެން ކަމުން ގާނޫނަށް ގެންނަންޖެހޭ ބަދަކުތައް ގެންނަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ބަޔަކު ކުށްވެރި ކުރުމަކީ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާއި ބޭނުންވަނީ މަސްތުގެ ބަވާއާއި އެ ނޫންވެސް ގޮތްގޮތުން ކުށުގެވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ބަޗީ
ރައްޔިތުން ދެކެ ހަގީގީ ލޯބިވާ ވެރިންނަކީ ރައްޔިތުންނަކީ، ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހަދަން މަސައްކަތްކުރާ ވެރީން. ސާބަސް ޢިއްޒަތްތެރި ރައީސް.
15 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.