ފްރާންސްގައި ހިޖާބު މަނާ ކުރުމުން ކުރެވުނު އިހްތިޖާޖާޖެއްގެ ތެރެއިން
ދުނިޔެ
16 Dec 2024 | 06:10
ފްރާންސް ސަރުކާރުތަކުން މުސްލިމު އުޚުތުންނަށް ސިލްސިލާކޮށް ކުރަމުންދާ ޖެއްސުންތަކާ އަނިޔާތައް!

ފްރާންސްގެ ސަރުކާރުން މުސްލިމު އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމީ އެންމެނަށްވެސް ފެންހުން ހުރި ހަގީގަތެކެވެ. އެންމެން. ހަމަހަމަ ކުރުމުގެ ނަމުގަޔާއި އެ ނޫންވެސް ނަންނަމުގައި، ބޮޑުރޭވުމެއްގެ ތެރެއިން،  ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، މުސްލިމުންނަށް، ޚާއްސަކޮށް މުސްލިމު އުޚުތުންނަށް، އެކިވަރުގެ ދަތިކުރުގެ ފިޔަވަޅުތައް އެގައުމުން އަންނަނީ އަޅާމުންނެވެ. 

އެގޮތުން ވަކިން ޚާއްސަކޮށް، މުސްލިމު އަންހެނާގެ ހިޖާބަށް އަމާޒުކޮށް، ނިވައިވުން މަނާ ކުރުމަށް އެގައުމުގެ ލާދީނީ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ފާހަގަކޮށްލަންޖެހެއެވެ. 

މުސްލިމުންގެ ހިޖާބަށް ފުރައްސާރަ ކުރުމާއި، މަނާކުރުން

ފްރާންސްގައި މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް 5.7 އާއި 7 މިލިއަނާ ދެމެދެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 5-11 އިންސައްތައެވެ.

މި ކުޑަ މުސްލިމުންގެ އާބާދީ ފުހެލައި، މުސްލިމުންގެ އުސޫލުތައް ނެތިކޮށްލައި، މުސްލިމުންނަށް ދިރިއުޅެންވެސް ދަތިކުރުމަށް ފްރާންސުން އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ހިޖާބު މަނާ ކުރުމެވެ. 

އެގޮތުން، އެގައުމުގެ ސަރުކާރު ސުކޫލު ތަކުގައި އަބާޔާ ލުން މަނާކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ފްރާންސްގެ އެންމެ މަތީ އިދާރީ ކޯޓުން ވަނީ ސަރުކާރުން ނެރުނު، ސަރުކާރު ސްކޫލުތަކުގައި އަބާޔާ (ދޫކޮށް ހުންނަ އަތްދިގު ހެދުން) ލުން މަނާކުރާ އަމުރު ދަމަހައްޓާފައެވެ.

މި އަމުރު ނެރުމަށްފަހު، ފުރަތަމަ ދުވަހު 300 އަށްވުރެ ގިނަ އަންހެން ކުދިން އަބާޔާ ލައިގެން ސްކޫލަށް ދިޔައެވެ. އޭގެ ތެރެއިން 67 ކުދިން އެ ހެދުން ބަދަލުކުރަން އިންކާރުކުރުމުން ގެއަށް ފޮނުވާލެވުނެވެ.

މި މަނާކުރުން ވެގެންދިޔައީ، ފްރާންސް ސަރުކާރުން ފާއިތުވި އަހަރުތަކުގައި މުސްލިމުންނަށް އަމާޒުކޮށް ހިންގަމުންދާ ސިލްސިލާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި ފިޔަވަޅުތައް އަޅަނީ ސެކިއުލަރިޒަމް ނުވަތަ ދައުލަތާއި ދީން ވަކިކުރުމުގެ އުސޫލު ހިމާޔަތްކުރުމުގެ ނަމުގައެވެ.

މުސްލިމު އަންހެނުން ހެދުން އަޅަންވީ ގޮތަކީ ފްރާންސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭ ކަމަކަށް ވަނީ ވެފައެވެ.

ފްރާންސްގައި ހިޖާބު މަނާ ކުރުމުން ކުރެވުނު އިހްތިޖާޖާޖެއްގެ ތެރެއިން

އެގޮތުން، 2004 ވަނަ އަހަރު ފްރާންސްއިން ވަނީ ސަރުކާރު ސްކޫލުތަކުގައި ހިޖާބު އެޅުން މަނާކޮށްފައެވެ. އަދި 2010 ގައި މޫނު ބުރުގާ އާންމު ތަންތަނުގައި އެޅުން މަނާކުރިއެވެ. ހަމައެހެންމެ، 2016 އިން ފެށިގެން އެކި ސިޓީތަކުގައި ވަނީ ޕަބްލިކް ޕޫލް ތަންތަނުގައި "ބުރުކިނީ" އަދި އަތްދިގު ސްވިމްސޫޓް ލުން މަނާކޮށްފައެވެ.

މިގޮތަށް އަމަލު ނުކޮށްފިނަމަ، ބޮޑު އަދަދުން ޖޫރިމަނާކޮށް ޖަލަށް ލުންވެސް އަދަބުތަކުގެ ތެރޭގައި ހިމެނެއެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައު އޭރުގެ ތަޢުލީމީ ވަޒީރު ޕަޕް ންޑިއޭ ވަނީ "ލައިސިޓޭ" ޕްލޭނެއް ތަޢާރަފުކޮށްފައެވެ. މި ޕްލޭނުގެ ދަށުން ސްކޫލުތަކުގައި ކުދިން ލާ ހެދުމަށް ބެލުމަށް ޚާއްޞަ މުވައްޒަފުން ބޭތިއްބުމަށް އަންގާފައިވެއެވެ. އެގޮތުން، ދިގު ހެދުމާއި އަތްދިގު ހެދުން ލާ ކުދިން ރިޕޯޓުކުރުމަށާއި، އެ ހެދުން ބަދަލުކުރަން އިންކާރުކުރާ ކުދިންނާމެދު ފިޔަވަޅު އެޅުމަށް އަންގާފައިވެއެވެ.

އަދި މިފަހުން މި އަހަރު ބޭއްވުނު އޮލިމްޕިކްސް ގައި ވާދަކުރުން، ބުރުގާ އެޅި، ފްރާންސްގެ މުސްލިމުންނަށް ވަނީ މަނާކޮށްފައެވެ. އެކަމާ ގުޅިގެން އދ އިންވެސް ނުރުހުން ފާޅުކުރިއެވެ. 

މީގެ އިތުރުން، 19 ވަނަ ގަރުނުގެ ހާދިސާތަކަށް ބަލާލާނަމަ، 1959 ވަނަ އަހަރު ލިޔެފައިވާ 'އަ ޑައިންގ ކޮލޯނިއަލިޒަމް' މި ފޮތުގައި، އެންޓި-ކޮލޯނިއަލް ވިސްނުންތެރިޔާ ފްރާންޒް ފަނޯން ވަނީ އަލްޖީރިއާގައި ފްރާންސްގެ ކޮލޯނިއަލް މަޝްރޫޢުގައި މުސްލިމް އަންހެނުންގެ މައްޗަށް ކޮންޓްރޯލް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، މުސްލިމް އަންހެނުންގެ ބުރުގާ ނެގުމަށް ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކޮށްފައެވެ.

ހިޖާބު މަނާ ކުރުމާއެކު މުސްލިމުންނަށް ކުރާ ފުރައްސާރަ އިންތިހާއަށް އިތުރު

ފްރާންސްގެ މުސްލިމު މުޖުތަމަޢުގެ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި ހިޖާބާއި ނިޤާބު މަނާކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މުސްލިމުންނަށް ކުރާ އަނިޔާވެރި ޢަމަލުތައް އިންތިހާއަށް އިތުރުވެގެންދިޔައެވެ. އެގޮތުން؟ 2022 ވަނަ އަހަރު މުސްލިމުންނަށް އަމާޒުކޮށް ހިންގި 501 ޢަމަލެއް ރިޕޯޓުކުރެވިފައިވާ ކަމަށް، ކޮލެކްޓިފް ކޮންޓްރެ ލިސްލަމޮފޯބީ އޭ އޫރޯޕް (ސީސީއައީއީ) އިން ހާމަކޮށްފައިވެއެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ.

ަސީސީއައީއީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2004 ވަނަ އަހަރު ހިޖާބު މަނާކުރި ފަހުން، ތަޢުލީމީ ދާއިރާގައި ހިނގާ އިސްލާމްފޯބިކް ޢަމަލުތަކުގެ 59 އިންސައްތަ އަމާޒުވަނީ ހައި ސްކޫލުގެ މުސްލިމު އަންހެން ދަރިވަރުންނަށެވެ.

މި ހާލަތުގައި، މުސްލިމު އަންހެނުންނާއި އަންހެން ކުދިން ވަނީ މި އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އެމީހުންގެ އަމިއްލަ ޙައްޤުތަކާއި މިނިވަންކަން ދިފާޢުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދެއެވެ. އެގޮތުން، މި މަނާކުރުންތަކަކީ އެމީހުން ހިމާޔަތްކުރުމަށްޓަކައި ކުރާ މަނާކުރުން ތަކެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ އެމީހުންގެ އަމިއްލަ ހަށިގަނޑާމެދު ނިންމުން ނިންމުމުގެ ބާރު ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ވަނީ އަޑު އުފުލާފައެވެ. 

ހަމަ އެހެންމެ، ފްރާންސްގެ ސަރުކާރުން މުސްލިމު އަންހެނުންނާއި ކުދިން "އެކަހެރި" ބައެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކުރި ނަމަވެސް، އެމީހުންނަކީ މިނިވަންކަމަށް އެދޭ ބައެއް ކަމަށާ، ފްރާންސްގައި ބިރުވެރިކަމާއި މަޖުބޫރުކުރުވުމެއް ނެތި، މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށްޓަކައި ނުހަނު ހިތްވަރާއެކު ކުރިއަށްދާނެ ކަމަށް އެ ދަރިވަރުން ބުނެއެވެ.

ފްރާންސްގައި ހިޖާބު މަނާ ކުރުމުން ކުރެވުނު އިހްތިޖާޖާޖެއްގެ ތެރެއިން

ފްރާންސްގައި ކަން ވަމުންދާ ގޮތަށް ރަނގަޅަށް ވިސްނާލުމުން އެނގިގެން ދަނީ، ސްކާޓް ނުވަތަ ހެދުމުގައި އެއްވެސް ދީނީ މުހިންމުކަމެއް އޮތްކަމުގައި ވިޔަސް ނުވިޔަސް، މުސްލިމް އަންހެނެއް އެ އެއްޗެއް ލުމާއެކު ”އޮޓަމެޓިކުން“ އެއީ ނުރައްކަލަކަށް ވެގެންދާކަމެވެ. މާދަމާ، ވަކި ބާވަތެއްގެ ފޮތިގަނޑެއް، ޓީ-ޝާޓެއް، ނުވަތަ ވަކި ބާވަތެއްގެ ފައިވާނެއް މުސްލިމް އަންހެނުންގެ މެދުގައި މަޤްބޫލުވެއްޖެނަމަ، ފްރާންސްއިން އެ މަނާކުރާނެ ގޮތެއް ހޯދާނެއެވެ.

މުސްލިމް އަންހެނުންގެ މައްޗަށް ފުލުހުން ބާރު ހިންގައި، އަދި މުސްލިމު އަންހެނުންގެ ހެދުން ބޭލުވުމަށް ފްރާންސުން ކުރަމުންދާ ކަންކަމަކީ ރަނގަޅު ކަމެއް ކަމުގައި، ދައްކަން އެމީހުން ބުނަމުން އަންނަނީ، މުސްލިމް ކުޑަކުދިންނާއި އަނބިން އިސްލާމީ ހެދުން އަޅުވަނީ ފިރިހެނުން މަޖުބޫރު ކޮށްގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.