ފްރާންސްގެ އާއިލާ: ފޮޓޯ/ މިހާރު
ހަބަރު
16 Dec 2024 | 09:48
ފްރާންސްގެ މުސްލިމު ޢާއިލާ ފޮނުވާލާތީ ގިނަބައެއް ކަންބޮޑުވުން ފާޅުކުރަންފަށައިފި

ދިވެހިރާއްޖޭގައި ވިސާ ނެތި މީގެ 12 އަހަރު ކުރިން ފެށިގެން ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމު އާއިލާ ރާއްޖެއިން ފުރުވާލުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.

ތ. ވޭމަންޑޫގައި މިވަގުތު ދިރިއުޅެމުން އަންނަ ފްރާންސްގެ މި އާއިލާގައި ހިމެނެނީ ދެމަފިރިންނާއި އެމީހުންގެ 5 ދަރިންނެވެ. އެއީ 18 އަހަރު ނުފުރޭ 3 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ. މީގެތެރެއިން 2 ކުދިން ވިހާފައިވަނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކުރި ފަހުންނެވެ. އެމީހުން ރާއްޖޭގައި ދިރިއުޅެން ފަށާފައިވަނީ، އިސްލާމްވުމަށްފަހު އަމިއްލަ ޤައުމުގައި އުޅެން ދަތިތަކެއް ހުރުމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ، ރާއްޖެ އައިސް އެމީހުން ދިރިއުޅުނީ، ގދ. އަތޮޅާއި ލާމު އަތޮޅުގެ ރަށެއްގައެވެ. އެފަހުން ތ. އަތޮޅު ތިމަރަފުށީގައި އުޅުމަށްފަހު އެއަތޮޅު ވޭމަންޑޫއަށް ދިރިއުޅުން ބަދަލުކުރީއެވެ. އެރަށުގައި ދިރިއުޅެމުންދާތާ މިހާރު 6 މަސްދުވަސް ވެއްޖެއެވެ. ވިސާ ނެތުމުން ކުދިން ސްކޫލަށްވެސް ނުފޮނުވައި ކިޔަވައިދެނީ ގޭގައެވެ.

މި އާއިލާގެ ކަންކަން ރާއްޖޭގެ ނޫހަކުން އާއްމުންގެ ސަމާލުކަމަށް ގެނައުމުން، އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވަނީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް އިމިގްރޭޝަންގެ އިދާރާއަށް ހާޒިރު ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

”އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން މި އިދާރާއިން ކުރަމުންދާ ކަމުގައި ދަންނަވަން. މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ. އިމިގްރޭޝަން ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ". އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު އިއްޔެ ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އާއިލާގެ ހައްގުގައި އަޑު އުފުލަމުންނެވެ.

އެގޮތުން، މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، ފްރާންސްގެ ޢާއިލާ، އަނބުރާ ފްރާންސަށް ފުރުވާލުމަކީ، އަނިޔާގެ ތެރެއަށް އެމީހުން ދޫކޮށްލުން ކަމަށާ އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ.

”ޒިންމާ ވާނެ ފަރާތެއް ބޭނުންވާނަމަ، ރައްޔިތުން މިތިބީ، އެ ޢާއިލާގެ ޒިންމާ ނެގުމަށް ތައްޔާރަށެވެ. އަނބުރާ ފޮނުވާ ނުލާށެވެ. މިކަމުގައި ސަރުކާރުގެ އިހުމާލުވެސް އެބަ އޮތެވެ. ވީމާ އެ ޢާއިލާއަށް، އަދި އެއް ފުރުޞަތު ދިނުމަކީ، އިސްލާމީ އަޚުވަންތަ ކަމުގެ ގޮތުން ބެލިޔަސް، ސަރުކާރުން ކުރަންޖެހޭ ކަމެކެވެ.“ އެމީހާ ބުންޏެވެ.

މީގެ އިތުރުން، ފްރާންސްގެ ޢާއިލާއަށް އެ ޤައުމުގައި އިސްލާމްދީނަށް އުުޅުމަށް ހުރަސް އެޅޭނެކަން އެނގޭއިރު އެމީހުން ފޮނުވާލުމަކީ ދީނަށް ވެވޭ ބޮޑު ޚިޔާނާތެއްކަމަށް ގިނަ ބަޔަކު ބުނެފައުލިވެއެވެ. އެގޮތުން، ފްރާންސްގެ މީހަކާއި އެމީހާގެ ޢާއިލާ އަލަށް އިސްލާމް ވެއްޖެ ނަމަ އެކި ގޮތްގޮތުން އެމީހަކާއި އެމީހެއްގެ ޢާއިލާއަށް އުނދަގޫ ކުރާ ކަމަށާ، ކޮންމެވެސް ހަރުކަށި ޖަމާޢަތަކާ ގުޅުން އޮތް ކަމަށް ހަދައި މުއްދަތެއް ނެތް ގޮތަށް ތަހުގީގު ނިމޭން ދެނޭ ކިޔައިފައި ޖަލަށް ވެސް ލާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ދީނީ ޢިލްމުވެރިންވެސް އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން، ޝެއިޚް އާދަމް ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީން ޤަބޫލުކޮށްގެން އަންނަ މުސްލިމުން، ކާފަރުންނާ ޙަވާލުކުރުމަކީ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ "ޙަރާމް ކަމެއްކަން" އެއްވެސް ޝައްކެއް ނެތި ކީރިތި ޤުރްއާނުގެ ނައްޞުންނާއި، ޞައްޙަ ޙަދީޘުން އެނގި ކަށަވަރުވެއެވެ. އަދި اللهގެ ވަޙީ ބަސްފުޅާއި، ކީރިތި ނަބިއްޔާގެ ޞައްޙަ ޙަދީޘް ބަސްފުޅުގެ މައްޗަށް އިސްކުރެވޭނެ އެއްވެސް ޤާނޫނެއް ނޯންނާނެ ކަމަށް ވިދާޅު ގުރުޢާނާ ސުންނަތުނަ އެކަމުގެ ދަލީލު ވަނީ ދައްކަވާފައެވެ. 

الله ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:

{یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا جَاۤءَكُمُ ٱلۡمُؤۡمِنَـٰتُ مُهَـٰجِرَ ٰ⁠تࣲ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِیمَـٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَـٰتࣲ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ } [سُورَةُ المُمۡتَحنَةِ: ١٠]

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަކޮށްފައި އަންނަހިނދު، ތިޔަބައިމީހުން އެކަނބަލުން އިމްތިޙާން ކުރާށެވެ! އެކަނބަލުންގެ އީމާންކަން، الله މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަނބަލުންނީ، ޙަޤީޤަތުގައި މުއުމިނުންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ކާފިރުންގެ ގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ފޮނުވައިނުލާށެވެ!"

އަދި ކީރިތި ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވަނީ:

"المسلمُ أخو المسلمِ لا يظلِمُه ولا يُسلِمُه" رواه البخاري ومسلم (متفق عليه)

"އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އަނެއް މުސްލިމް އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އަނެއް މުސްލިމް އަޚާ ކާފަރުންނާ ޙަވާލުވެސް ނުކުރާނެއެވެ."

އަދިވެސް އެހެން އިލްމުވެރިން މިކަމާ ދެކޮޅު ހައްދަވާއިރު، ފްރާންސް އަކީ އާއްމު ތަންތަނާއި ސުކޫލުތަކުގައި، މޫނު ބުރުގާ އާއި ބުރުގަލުގެ އިތުރުން، އަބާޔާ ލުންވެސް މަނާ ގައުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.


ކޮމެންޓް
އަދުރޭ
ދިވެހިންނަކަށް އެއްވެސް ގައުމަކު ނޫޅެވޭ ވިސާނެތިއް
16 Dec 2024
އަދުރޭ
ދިވެހިންނަކަށް އެއްވެސް ގައުމަކު ނޫޅެވޭ ވިސާނެތިއް
16 Dec 2024
ކުޑަބެ ހުޅުމާލެ
އެމީހުނަށް ރާއްޖެއިން ގޯތިދީ ގެދޮރު އަޅާދީ ރާއްޖޭގައި ވަޒަން ކުރުވުން ލާޒިމެވެ. ހަމަ އެއްގޮތަކަށް ކާފަރު ގައުމަކަށް ފޮނުވައިގެން ނުވާނެއެވެ.
16 Dec 2024
ބަޗީ
ކޮންމެ ގޮތެއްވިޔަސް މާތް ﷲ ގެ އަމުރުފުޅު ތަންފީޒުކުރުން ނޫން ގޮތެއް ގަބޫލެއް ނުކުރެވޭނެ.
16 Dec 2024
ގުޅޭ ލިޔުންތައް
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
25 Jun 2026
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަންނޯޓު ކުރާން އެދިއްޖެ
މި ފުރުޞަތުގެ ދަށުން، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެއެވެ. ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަނިމާދޫ އަވަށު އޮފީސް ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ ނުވަތަ ހަނިމާދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
25 Jun 2026
ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ހަ މުބާރާތުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި ނަމަވެސް، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު އަދިވެސް އޮތީ އެފްރިކާގެ ލެޖެންޑް ރޮޖާ މިލާގެ އަތުގައެވެ.
25 Jun 2026
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެ
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، ބުދަ ދުވަހުގެ ރޭ ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ކަރަކަސްއާ 284 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ފެލީޕޭ ކައިރިއަށެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ކަރަކަސްގެ ހުޅަނގުން 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ކައިރިއަށް 7.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުން އައިސްފައިވެއެވެ.
25 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
25 Jun 2026
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު ޚާމަނައީގެ ޖަނާޒާއަށް މޯދީއަށް ދަޢުވަތު ދީފި
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްޞަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ފަސްދާނުލުމަށް ވަނީ ނިންމާފައެވެ.
25 Jun 2026
ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.