އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
16 Dec 2024 | 13:35
އަލިފާނުގެ ހާދިސާއާ ގުޅުވައި އެމްޑީޕީގެ ބޮޑެތި ތުހުމަތުތަކެއް؛ މައްސަލަ ފުލުހަށާއި އެންއައިސީއަށް ހުށަހަޅަނީ

މިިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ އަނދައި ހުލިވި މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު ވިދާޅުވީ އެއީ ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަމެއް ގޮތަށް ބެލެވޭ ކަމަށެވެ.

އެހެން ކަމުން، އެކަމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް. އެކަމަށް އެދި އަޅުގަނޑުމެން ފުލުހުންނަށް ރިކުއެސްޓް އެބަކުރަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް. ހާދިސާ ހިނގާފައިވަނީ ކިހިނެއްތޯ ހޯދުމާއި އެކީގައި. އޭގައި ސިފައިން ބައިވެރި ކުރުންވެސް އެއީ އެދޭކަމެއް. އެކަމަށް މިއަދު އެދޭނަން.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު 

މިއާއެކު، އަލިފާނުގެ ހާދިސާގައި އިހުމާލުގެ ގިނަ ކަންކަން ފާހަގަވާތީ ވަކި މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު: ފޮޓޯ/ އެމްޑީޕީ 

މިއާއެކު މަހުފޫޒު ވަނީ، ހާދިސާ ހިނގި ސަރަހައްދު ސާފުކޮށް ނިންމުމަށްފަހު އެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ޓީމެއް ގެންނާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ފުލުހުންގެ ފަރާތުން ވިދާޅުވެފައި އެބައޮތް, އަދި މިނިސްޓްރީންވެސް އިއުލާން ކިރެއްވި، ބޭރުގެ އެކްސްޕާޓުން ގެނެސްގެން ތަހުގީގު ކުރާ ވާހަކަ. ތިބޭފުޅުން ހަނދުމަ ހުންނާނެ ފިނިފެންމާ ލޯންޗުގެ ހާދިސާ. ބޭރުގެ ތިން ގައުމަކުން އައިސް ތަހުގީގުކުރި. އެކަމަކު އެއިން އައި ނަތީޖާއެއް ނެތް. ހާދިސާގެ ސަބަބު ހޯދިފައެއް ނެތް. ނުހޯދުނު ސަބަބަކީ އެ ބޭފުޅުންގެ އެހީ ހޯދީ، އަޅުގަނޑުމެން ހަދާނެ އެއްޗެއް ހަދާފައި. މި މައްސަލާގައިވެސް ކަންހިނގީ އެނގޮތަށް.  އަލިފާނުގެ ހާދިސާ ހިނގި މުޅި ތަން ވެސް ސާފު ކުރުމަށް ފަހު ބޭރުގެ ތަޖުރިބާކާރުން ގެންނަނީ 

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު 

މީގެ އިތުރުން މަހުފޫޒު ވިދާޅުވީ، އަރުޝީފުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގެ ލިޔެކިޔުންތަކަކީ ދިވެހި އަރުޝީފުގައި ރައްކާކުރަންޖެހޭ ލިޔެކިޔުންތަކެއް ކަމަށެވެ. ނަމަވެސް މިނިސްޓަރުން ފާހަގަ ކުރެއްވީ މިނިސްޓްރީން މިހާރު ފައްޓަވާފައި ހުރި މަޝްރޫއުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވާކަން ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެ ލިޔުންތަކަކީ އެއީ މި މާއްދާ ބަޔާންކުރާ ގޮތުން އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް. އެހެންވީމަ އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް އަރުޝީފު ނުކޮށް ހުރީތޯ ނޫނީ، އަރުޝީފު ކުރެވިފައި ހުއްޓާ އޭގެ ނަކަލުތައް ނެތިގެން ދިޔައީތޯ މިކަންކަން ބަލައި ތަހުގީގު ކުރުމަށް އަޅުގަނޑުމެން އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން އެދޭނަން،"

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު 

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ): ފޮޓޯ/ އެމްޑީޕީ

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ވަނީ، އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނާއި ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާ އެދެމެދު މާ ބޮޑު ދުރުމިނެއް ނެތް ނަމަވެސް އަލިފާން ކޮންޓްރޯލް ކުރަން ގިނަ ވަގުތު ނެގިކަން ފާހަގަކުރައްވައި އެހެން އެކަން ވާންވީ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

އަދި އަލިފާނުގެ ހާދިސާ ހިނގުމުގެ ދުވަސްތަކެއް ކުރިން ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކުރި އަލިފާން ނިއްވަން ގެންގުޅޭ ޑްރާންތައް ވެސް އަލިފާން ނިއްވުމުގައި ބޭނުން ނުކުރީ ކީއްވެގެންތޯ ވެސް ސަލީމް ސުވާލު ކުރެއްވި އެވެ.

ކޮމެންޓް
ކޮއްކި
ތިއުޅެނީ އަމިއްލަޔަށް ބޭޒާރުވާން އަމިއްލަޔައް އެއިމާރާތުގަ ހުޅުޖަހާފަ ކާކައް މަސްއަލަ ހުށަހަޅަން އިބޫދެއްކި ވާހަކަތަކުންއެގޭ އެމްޑީޕީ އިންކަން އެކަންކުރީ ކިރިޔައްއޮތް ދުވަސްތަކަކީ ވަރައްނީމާން ދުވަސްތަކެކޭ ކިޔާ ވާހަކަދެއްކީ
16 Dec 2024
އަހުދުނާމާ
އެމްޑީޕީން އަބަދުވެސް އުޅޭނީ ފިތުނައެއް އުފެއްދޭތޯ އެއީ ހަގީގަތަކީ
16 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.