ގޯލާން ގެ ސަރަހައްދެއް.. ފޮޓޯ:އަލްޖަޒީރާ
ހަބަރު
16 Dec 2024 | 16:34
އިސްރާއީލުން ގޯލާންގެ ބިންތަކުގައި ވަޒަންވެރިވުން ޤަބޫލެއް ނުކުރެވޭނެ: ދިވެހި ހާރިޖިއްޔާ

އިސްރާއީލުން ސޫރިއާގެ ގޯލާންގެ އުސްބިންތައް ހިފައިގެން އެތަނުގައި ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ބަލައި ނުގަނެވޭނޭކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން ގޯލާނުގެ އުސް ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން އެކަން ކުއްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޔަހޫދީ ދައުލަތުން ގޯލާނުގެ އުސް ބިންތަކުގައި ޔަހޫދީން އާބާދުކުރުމުގެ ގޮތުން އެތަނުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ފަށާފައިވާ މަސައްކަތްތަކަކީ ދިވެހި ސަރުކާރުން ތާއީދު ކުރާނޭ ކަމެއް ނޫންކަމަށެވެ.

ހާރިޖިއްޔާގެ ބަޔާނުގައި ވަނީ އެކަން ވަރަށްބޮޑަށް ކުށްވެރިކޮށްއެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ހިލާފުކަމެއްކަން ފާހަގަކޮށްފައެވެ. އަދި އިސްރާއީލުގެ ދައުލަތުން ހިންގަމުންދާ ކަންކަމުން އެ ސަރަހައްދުގައި ސުލްހަ ގާއިމްކުރުމަށް ހުރަސްއެޅިފައިވާކަން ދިވެހި ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހާރިޖިއްޔާއިން ބުނީ ސޫރިއާގައި އިޒްރާއީލުން ކުރިއަށްގެންދާ ޖަރީމާތައް ހުއްޓާލަންޖެހޭ ކަމަށާއި، ދެމުންގެންދާ ހަމަލާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން ހާރިޖިއްޔާއިން ވަނީ މިކަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން އެކަންކަން ހުއްޓުވުމަށްވެސް ބާރުއެޅުމަށްވެސް ގޮވާލާފައެވެ.

ހާރިޖިއްޔާއިން ބުނީ ސޫރިއާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނޭ ކަމަށެވެ.

ގޯލާން ހައިޓްސް ނުވަތަ ގޯލާނުގެ އުސްބިންތަކަކީ މީގެ ބައިގަރުނުކުރިން އިސްރާއީލުން ހިފާފައިވާ ސަރަހައްދެކެވެ. އިސްރާއީލުން އެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމަށް މީގެ ކުރިން އެތައް ފަހަރަކު މަސައްކަތްކުރަމުން އައިސްފައިވާއިރު، އިސްރާއީލުން އަންނަނީ ގޯލާންގައި ޔަހޫދީން އާބާދުކުރުމަށް ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަމުންނެވެ. އިސްރާއީލް ސަރުކާރުން ގަބޫލުކުރާގޮތުގައި ގޯލާންގެ އެ ރީތި ބިންތައް ހަނގުރާމައިން ސަލާމަތް ވެވިފައިނުވާ ސޫރިއާގެ ދަށުގައި އޮތުމަށްވުރެ އެމީހުންގެ އަތުގައި އޮތުން މާ އައުލާކަން ބޮޑެވެ. ގޯލާނުގެ މައްސަލާގައި އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ ގޯލާން ސަރަހައްދު އިސްރާއީލް ސަރުކާރުގެ ދަށުގައި އޮތުމަކީ އެމެރިކާއިންވެސް އެންމެ ރުހޭގޮތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.