އަޔަލޭންޑުގެ ބޮޑުވަޒީރު ސައިމަން.. ފޮޓޯ އޭއެފްޕީ
ހަބަރު
16 Dec 2024 | 21:04
އިސްރާއީލުން އެމްބަސީ ބަންދުކުރިނަމަވެސް، ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުން ނުހުއްޓުވޭނެ: އަޔަލޭންޑް

ޑަބްލިންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރިނަމަވެސް، ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުން ނުހުއްޓުވޭނެކަމަށް އަޔަލޭންޑުގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވެއްޖެއެވެ.

އަޔަލޭންޑުން ފަލަސްތީނަށް ތާއީދުކުރާ މައްސަލާގައި އިސްރާއީލްގެ ބޮޑުވަޒީރު ގިޑިއޯން ސާރް ވަނީ އެޤައުމުގައި ހުންނަ އިސްރާއީލްގެ އެމްބަސީ ބަންދުކުރުމަށް ނިންމާފައެވެ. މި މައްސަލާގައި އިސްރާއީލުން ބުނެފައިވަނީ ޔަހޫދީ ދައުލަތް ބަލައިގަތުމަށް އަޔަލޭންޑުން ދެކޮޅު ހެދުމާއި، ޔަހޫދީ ސިފައިން ފަލަސްތީނުގެ ކުޑަކުދިން މަރާކަމަށް އަޔަލޭންޑޫން ގަބޫލުކޮށް އެކަމާ އަޑުއުފުލަމުންދާތީ، އެޤައުމުގައި އިސްރާއީލް އެމްބަސީއެއް ބެހެއްޓުމުގެ މާނައެއް ނެތްކަމަށެވެ.

އެމްބަސީ ބަންދުކުރުމަށް ނިންމުމާ ގުޅިގެން އަޔަލޭންޑުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ފަލަސްތީނު މައްސަލާގައި އަޔަލޭންޑުން ގެންގުޅެމުންދާ ސިޔާސަތު ބަދަލުކުރުމެއް ނެތްކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ހެކިތައް ވަރަށް ސާފުކޮން ފެންނަން އެބައޮތްކަމަށާއި، ހާއްސަ ގޮތެއްގައި ކުޑަކުދިންނާ ދެކޮޅަށް އެ ހިންގާ ލާއިންސާނީ އަމަލުތަކަކީ އަޔަލޭންޑަށް ތަހައްމަލު ކުރެވޭވަރަށްވުރެ ބޮޑެތި ކަންކަންކަމަށް ހެރިސް ފާހަގަކުރެއްވިއެވެ. 

އޭނާ ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ކަންކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ހިލާފަށް ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ފަލަސްތީނު މައްސަލާގައި އަޔަލެންޑުން މިހާތަނަށް ނިންމި ނިންމުންތަކާމެދު ފަހުރުވެރިވެ ވަޑައިގަންނަވާކަމަށް ހެރިސް ވިދާޅުވިއެވެ.

ޣައްޒާގެ މައުސޫމް ތުއްތު ކުދިންނާ ދެކޮޅަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ހިންގަނީ ކޮންކަމެއް؟ އިސްރާއީލަށް ލިބިގެންވާ ހައްޤެއް އެއީ އެމީހުންގެ އެމްބަސީ ބަންދުކުރުުން. އަހަރުމެންނަށް ހޮޔޮނުބައި ވަކިކުރަން އެނގޭނެ

ސައިމަން ހެރިސް ވިދާޅުވިއެވެ

ފަލަސްތީނާއި އިސްރާއީލް މައްސަލާގައި ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެފުރަތަމަ ފަލަސްތީނުކޮޅަށް އެރި ޤައުމަކީ އަޔަލޭންޑެވެ. އަޔަލޭންޑުން އެންމެ ފުރަތަމަ ފަލަސްތީނު މައްސަލާގައި އެޤައުމާ އެއްކޮޅަށް ވާހަކަދައްކާފައިވަނީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން ފަލަސްތީނު މައްސަލާގައި އަޔަލޭންޑުން ގެންގުޅެމުން އަންނަ ސިޔާސަތު ބަދަލުނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.