ޖަޕާނުން ރާއްޖެއަށް ތަކެތި ހަދިޔާ ކުރުން: ފޮޓޯ/ ޖަޕާން އެމްބަސީ
ހަބަރު
17 Dec 2024 | 10:20
ޖަޕާނުން ކޯސްޓް ގާޑަށް 7.6 މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން މޯލްޑިވްސް ކޯސްޓް ގާޑުގެ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި 7.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 117 މިލިއަން ރުފިޔާގެ) އަގުހުރި ސާމާނުތަކެއް އިއްޔެ ހަދިޔާކޮށްފިއެވެ.

އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އިކުއިޕްމަންޓްތައް ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޯރީ ވަނީ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނަށް ޙަވާލުކޮށްދެއްވާފައެވެ.

މި އެހީގެ ދަށުން ހަދިޔާކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ކަނޑުމަތީގެ މުވާސަލާތީ ނިޒާމްތައް، ޕްރޮފެޝަނަލް ޑައިވިންގ ގިއަރ، ސާރޗް އެންޑް ރެސްކިއު އިކުއިޕްމަންޓް އަދި އެހެނިހެން އެހީތެރިވާ ސާމާނާއި، ސާމާނު ރައްކާކުރާ ވަސީލަތްތަކެވެ.

މީގެ ތެރޭގައި އިންމާސެޓް ޔުނިޓްތަކާއި، ޖީއެމްޑީއެސްއެސް ކޮންސޯލްތަކާއި، މެރިން އިންފްރާރެޑް ކެމެރާތަކާއި، ޓެޓްރާ މުވާސަލާތީ ވަސީލަތްތަކާއި، ސްޓޭޝަންްޓޭޝަންތައް ހިމެނެއެވެ.

މި އެހީ ދެވިފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުންނެވެ.

މި އެއްބަސްވުމަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކުގެ ދަށުން 800 މިލިއަން ޖަޕާނީ ޔެން (ގާތްގަނޑަކަށް 7.6 މިލިއަން އެމެރިކާ ޑޮލަރު) ގެ އެހީއެއް ދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

ޖަޕާނު ސަރުކާރުން އުންމީދުކުރާ ގޮތުގައި މި އިކުއިޕްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ މުވާސަލާތީ ނިޒާމް ފުޅާވެ، ކޯސްޓް ގާޑަށް އެމީހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކަމާއި ފުރިހަމަކަމާއެކު ވިލަރެސްކުރެވޭނެއެވެ.

އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ޖަޕާނު ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.