ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް: ފޮޓޯ/ މަސްވެރިކަމާބެހޭ ވަޒީރު
ހަބަރު
17 Dec 2024 | 11:00
މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ދަޢުވަތެއް ޗައިނާގެ އިންވެސްޓަރުންނަށް

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.

ވަޒީރު އަޙުމަދު ޝިޔާމު ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމުނު ގުޅުން ގާއިމްކުރިފަހުން 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުމަކީ އިސްތިޤްލާލީ ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިއަހަރުގެ ޖެނުއަރީމަހު ކުރެއްވި ކާމިޔާބު ދަތުރުފުޅާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

ވަޒީރުވަނީ ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ދީފައިވާ އެހީތައް ޝުކުރު އަދާކޮށްފައެވެ. 

އަދި މިފަދަ އެންމެ ބޮޑު އެއް އެހީއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބުރިޖު މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ޝިޔާމު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަަސައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ.

އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށެވެ. 

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް: ފޮޓޯ/ މަސްވެރިކަމާބެހޭ ވަޒީރު

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. 

2024 ވަނަ އަހަރުގެ ޖެނުއަރީމަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަރޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވާ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުންްދާކަމަށެވެ. 

މި ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބައޮތްކަމަށާއި އެކުއަކަލްޗަރ އަކީ ރާއްޖެއަށް އައު ސިނާއަތެއް ކަމުގައިވާއިރު، ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަހައްދެއްް ވަނީ ކަނޑައެޅިފައިއެވެ. 

ރާއްޖޭގައި މި ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިއްމުކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ. 

އެގޮތުން މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ކެޕޭސިޓީ ބިލްޑިންގއާއި، ޓްރެއިނިންގގައިވެސް އެހީތެރިކަން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ