ޗައިނާ ޓެލެކޮމް.. ފޮޓޯ/ރޮއިޓާސް
ހަބަރު
17 Dec 2024 | 14:40
ޗައިނާ ޓެލެކޮމްއާ ދެކޮޅަށް އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް

ޗައިނާ ޓެލެކޮމްގެ އެމެރިކާ ވިޔަފާރިތަކާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ.

ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ބުނެ ޗައިނާ ޓެލެކޮމްއިން އެމެރިކާގައި މުވާސަލާތީ ޚިދުމަތްތައް ދިނުން 2021 ވަނަ އަހަރު އެމެރިކާއިން ވަނީ މަނާކޮށްފައެވެ. އެމެރިކާގެ ޓެލެކޮމް ވިއުގަތަކަށް ދާދިފަހުން ދިން ސައިބަރ ހަމަލާގެ ފަހަތުގައިވެސް ވަނީ ޗައިނާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. އެހެންނަމަވެސް ޗައިނާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

އާއްމު މުވާސަލާތީ ޚިދުމަތްތައް ދިނުން މަނާކޮށްފައިވީނަމަވެސް، ޗައިނާ ޓެލެކޮމްއާއި ޗައިނާގެ އެހެން ކުންފުނިތަކަށް އިންޓަނެޓާއި ގުޅުން ހުރި އެހެން ބައެއް ޚިދުމަތްތައް އެމެރިކާގެ ކުންފުނިތަކަށާއި އާއްމުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު އަދި އޮތީ ހުޅުވާލެވިފައެވެ. މިކަމަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމެކެވެ.

ޗައިނާ ޓެލެކޮމްގެ އިތުރުން ޗައިނާ މޮބައިލްއާއި ޗައިނާ ޔުނިކޮމްއަށްވެސް އެމެރިކާގައި މުވާސަލާތީ ޚިދުމަތްތައް ދިނުން އެމެރިކާއިން ވަނީ މަނާކޮށްފައެވެ. ޗައިނާ ޔުނިކޮމް ކުންފުނި އެމެރިކާގައި ހަރަކާތްތެރިވުން މަނާކުރީ 2022 ވަނަ އަހަރުއެވެ. އަދި އެމެރިކާގައި މުވާސަލަތީ ޚިދުމަތްތައް ދިނުމަށް ޗައިނާ މިބައިލްއިން 2019 ވަނަ އަހަރު ހުށަހެޅުމުން ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އަލުން އަނެއްކާ މިކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން މި ތެދުވަނީ ޗައިނާގެ ކުންފުނިތަކަށް މިހާރުވެސް އޮތް ހަނި ފުރުސަތުގެ ތެރެއިން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ އޮވެދާނެކަމަށް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.