އައްޑޫ ސިޓީ ކައުންސިލްގެ ލަންޑަންދަތުރުގެ ތެރެއިން: ފޮޓޯ/ އައްޑޫސިޓީ ކައުންސިލް
ހަބަރު
18 Dec 2024 | 13:52
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ކައުންސިލުން 700،000ރ. އަށް ވުރެ ބޮޑު ހޭދައެއް

ނޮވެންބަރު 5 އިން 7 އަށް ލަންޑަންގައި ބޭއްވި ވާލްޑް ޓުއަރިޒަމް މާރކެޓްގައި އައްޑޫ ސިޓީ ތަމްސީލުކުރުމަށްޓަކައި އައްޑޫ ސިޓީކައުންސިލުން ކުރި ދަތުރަށް 700،000 ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މި ދަތުރުގައި ބައިވެރިވީ އައްޑޫ މޭޔަރު އަލީ ނިޒާރުއާއި، ހަތަރު ކައުންސިލަރަކާއި ކައުންސިލް އެގްޒެކެޓިވްއަކާއި ކައުންސިލް އޮފިސަރަކާއި ޕަބްލިކް ރިލޭޝަންސް އޮފިސަރު އަދި ޓެކްނިކަލް އެކްސްޕާޓެއް ކަމަށް  އެކައުންސިލުން ބުނެފައިވެ އެވެ.

މި ދަތުރާއިގުޅިގެން ގިނަ އަޑުތަކެއް މީގެ ކުރިންވެސް ފެތުރިފައިވާއިރު، ދަތުރުގައި ބައިވެރިވި ކޮންމެ މީހަކަށް ޕޮކެޓް މަނީގެ ގޮތުގައި 51،000 ދިން ކަމަށްވެސް ވާހަކަ ދެކެވުނެވެ. އަދި ދަތުރުގެ ގިނަ ޚަރަދު ކުރީ ކައުންސިލް ބަޖެޓުން ކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މި ދަތުރަށް ކައުންސިލުން ކުރި ހަރަދުތައް ހޯދަން އޮންލައިން ނޫހަކުން އެދުމުން އެ ނޫހާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނޮވެމްބަރު 2 އިން 11 އަށް ލަންޑަނަށް ކުރި ދަތުރަށް 700،000ރ. އަށްވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.

ޚަރަދުގެ ތަފްސީލް؛

* ކައުންސިލްގެ ބަޖެޓުން 528،027ރ.

* ޓްރަސްޓް ފަންޑުން 196،111ރ.

* މުޅި ޖުމްލަ 724،138ރ.

މި ދަތުރަށް ދިއުމުގެ ކުރިން އައްޑޫ ސިޓީ ކައުންސިލުންވަނީ "އައްޑޫ - ބިޔޮންޑް އީކުއޭޓަރ" ގެ ނަމުގައި ލޯގޯއެއް ތައްޔާރުކޮށް ޢާޢްމުކޮށްފައެވެ.
އަދި އައްޑޫގެ ފަތުރުވެރިކަން ޑަބްލިއުޓީއެމްގައި އިޝްތިހާރު ކުރީވެސް މި ބްރޭންޑްގެ ނަމުގަ އެވެ.

މިއީ ޑަބްލިއުޓީއެމްގައި އައްޑޫގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން އިޝްތިހާރު ކުރުމުގެ ހަރަަކާތްތަކެއް ހިންގި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.