އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
19 Dec 2024 | 15:32
އޮގަސްޓު މަހުގައި ލިބުނު ޖަވާބަކާއި ގުޅިގެން ފިޔަވަޅުއަޅާނީ ރޭގައެއް ނޫން؛ އެ ސިޓީ ލިބުނު ދުވަހު: އެމްޑީޕީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ހޯދުމަށް ފޯޖް ކޮށްފައު ހުރި ލިޔެކިޔުންތަކެއް ހުށަހެޅިކަން އޮގަސްޓް މަހުގައި ހާމަވުމުންވެސް، އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅައި ލަސްކުރުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ. 

އެ މައްސަލައާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އެއް ޕްލޮޓަކަށް ދެފަރާތަކުން އެދުމުން، އެކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީއަށް ފޮނުއްވާ ކަމަށާ، އެގޮތުން، މައްސަލަ ޖެހިގެން އުޅޭ އެއް ބިން ކަމުގައިވާ ޕްލޮޓް ނަންބަރު 20768 އިމާރާތް ކުރުމުގެ ހުއްދަ އަށް އެދުނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި ދެވަނަ ބިން (20821) އިމާރާތް ކުރުމުގެ ހުއްދައަށް އެދުނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

އެ ދެ ބިމަށް ވެސް ދެ ފަހަރެއްގެ މަތިން ހުއްދައަށް އެދުނު އިރު، ބިންތަކާ ގުޅޭ ކަންކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެޗްޑީސީން ސިޓީ ފޮނުވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވި ގޮތުގައި މިނިސްޓްރީން ޖަވާބު ދިނީ އޮގަސްޓް 15 ވަނަ ދުވަހުއެވެ. ފަޒުލް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޖަވާބާ ގުޅިގެން އެ ދެ ގޯތީގެ "ޕާމިޓް" އެޗްޑީސީން ކެންސަލްކުރި ކަމަށެވެ. 

އަދި އެ މައްސަލާގައި ފުލުހުން އިއްޔެ ފެށި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަނާޅައި އޮތް ސަބަބާ ގުޅޭ ގޮތުން ސާފުކޮށް ޖަވާބު ނުދެއްވައެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަޒުލްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ގޯތި ނުލިބޭ ފަރާތަކުން އެފަދަ ލިޔުމެއް ހުށަހަޅައި އޮގަސްޓް މަހުގައި، އޭގެ ޖަވާބު ލިބިފައިވާއިރު، އެކަމުގައި އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އޮގަސްޓްމަހު ލިބިފައި އޮތް ޖަވާބެއްގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އަޅުއްވާނަމަ އަޅުއްވާނީ ރޭގެ ވަގުތެއްގައެއް ނޫން. މިއީ ޑިސެމްބަރު މަސް. އެ ފިޔަވަޅު އަޅަންޖެހޭނީ، އެ ސިޓީ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވާ ދުވަހު ނޫނީ އޭގެ އަނެއް ދުވަހު. 

އަނަސް އަބްދުއްސައްތާރު

މީގެ އިތުރުން އަނަސް ވަނީ، ގޯތި ލިސްޓުގައި ނަން ނެތް އިރުވެސް، ފަޒުލްގެ ބޭބެ އަށް ލިބުނު ކަމަށް ބުނާ ބިމުގައި އިންފާރު ރާނާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އަހުދުނާމާ
ކަލޭމެން ހުރިހާކަމެއް ފޮރުވީ މިހާރު އެބަބަލާތާ ލަސްވިސް ނުއެއް ފޮރުވާ
19 Dec 2024
އަލިފު ޙާ!
މިދައުރުގައި ހިނގި ކަމެއްގެ ފިޔަވަޅު އެއަޅަނީ ހަމަމިދައުރުގައި. އެމްޑީޕީގެ ވެރިކަމުގައި ހިނގި އެއްވެސް ކަމެއްގެ ފިޔަވަޅެއް ދައުރު ނިމިދިޔައިރުވެސް އޮތީ ފިޔަޅަ ނާޅައި، ޒީރޯޓޮލެރަން މުޅި ޤައުމު ދިރުވާލައިގެން ފައިބައި އެތިބީ
19 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ