އަކްރަމް ކަމާލުއްދީން
ހަބަރު
19 Dec 2024 | 11:31
ފްލެޓާއި ގޯތިތައް ހަވާލުކޮށް ނިންމުމަށް ސަރުކާރަށް މަސްދުވަހުގެ މުއްދަތެއް. ދެން ނިކުންނާނީ ސީދާ ހަރަކާތަށް: އެމްޑީޕީ

ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް ދޫކުރަން ނިންމި ފްލެޓާ ގޯތިތައް މަސްދުވަހުގެ ތެރޭގައި އެތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކޮށް ނިންމުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް އެޗްޑީސީން ބިންތަކެއް ދޫކުރި މައްސަލައާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމުން ބިންތައް ދޫކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން އުސޫލާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. މިކަން އެޗްޑީސީން ކުރިއަށް ގެންގޮސްފައިވަނީ ހައުސިން މިނިސްޓްރީގެވެސް އެއްބާރުލުން ލިބިގެންކަން އަކްރަމް ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމަށް ރައްޔިތުންނަށް ދޫކުރުމުގެ މަސައްކަތް ފެށި ބިންތަކާއި ފްލެޓްތައް މި ސަރުކާރު އައިފަހުން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ފްލެޓާއި ބިންތަކުގެ ހައްގުވެރިންނަށް އެތަންތަން ދޫކޮށް ނިންމުމަށް ސަރުުކާރަށް ގޮވާލާ ކަމަށާއި، އެހެންނޫނީ އެމްޑީޕީން ސީދާ ހަރަކާތަށް ނިކުންނާނޭ ކަމަށެވެ.

އުސޫލާ ހިލާފަށް ބިން ދޫކުރި މައްސަލައާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ މިއީ ހައުސިން މިނިސްޓަރު ހައިދަރު ސަސްޕެންޑްކުރަން ޖެހޭ ފަދަ ގޮތަކަށް ކަންކަން ހިނގާފައިވާ މައްސަލައެއް ކަމަށާއި، މިކަމުގައި ހައުސިން މިނިސްޓްރީގެ ވަރަށްބޮޑު އިހުމާލެއް އެބައޮތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ފްލެޓް ކޮމިޓީގައި ހިމެނިު ވަޑައިގަންނަވާ މުހައްމަދު އާރިފް ވިދާޅުވީ، މިކަމުގައި މިނިވަންކަމާއެކު ސަރުކާރަށް ތަހުގީގެއް ކުރެވިދާނޭކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، ވެރިކަން ބަދަލުވި މަރުހަލާގެ ތެރޭގައި އެއްވެސް ޝައްކެއް ނުއުފެދޭނެ މިންވަރަށް އޭރުއޮތް ސަރުކާރުން ވާނީ މި ސަރުކާރަށް ކަންކަން ހަވާލުކޮށްފައިކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ، އޫސޫލާ ހިލާފަށް ބިންތައް ދޫކުރިކަން ފަޅާއެރުމުން އެކަމުގައި ހިމެނޭ ބައެއްމީހުން ސަސްޕެންޑްކުރިނަމަވެސް، މި ސަރުކާރުން ސަސްޕެންޝަނަކީ ނަމެއްގައި ކުރާ ކަމެއްކަމަށެވެ. އޭގެ ބަދަލުގައި ދެން ފެނިގެންދާނީ، ސަސްޕެންޑްކުރި މީހާއަށް އެއަށްވުރެ މޮޅު ގޮތްތަކެއް ވަމުންދާތަންކަމަށާއި، މިއީ މިހާތަނަށްވެސް ރައްޔިތުންނަށް ފެނިގެންދިޔަ މަންޒަރުކަމަށް މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓް
ނާނާ ޕަޓޭކަރު
ބަލާބަލަ ބޮޑު ވގު އިން ވައްތަރު. ލަދުވެސް ނުގަނޭ މޮޅުވާހަކަ ދައްކަން
19 Dec 2024
ނުޖޫމް
ސުއްބޫހުން އެހެންތޯ އެއީ ކޮންހަރަކާތެއްބާ އަތުހަރަކާތްތޯ
19 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.