އިންޑިއާގައި ހުންނަ އަދާނީ ގްރޫޕްގެ އޮފީހެއް.. ފޮޓޯ: ރޮއިޓާސް
ހަބަރު
21 Dec 2024 | 11:59
އަދާނީ ގްރޫޕުން އެހެން ގައުމުތަކުގައި ކުރާ ކަމަކަށް ޝައުގުވެރިކަމެއް ނެތް: ލަންކާ

އިންޑިއާގެ އަދާނީ ގްރޫޕުން އެހެން ގައުމުތަކުގައި ކުރާ ނުވަތަ ކުރި ކަމަކާމެދު ސްރީލަންކާގެ ޝައުގުވެރިކަމެއް ނެތްކަމަށާއި، ޝައުގުވެރިކަން ހުރީ އެކުންފުނީގެ ލަންކާގެ އިންވެސްޓްމަންޓަކާމެދު ކަމަށް ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އިކޮނޮމިކް ޓައިމްސްއާ ވާހަކަ ދައްކަވަމުން ޑިސަނަޔަކަ ވިދާޅުވީ ލަންކާއިން ބަލާނީ އަދާނީ ގްރޫޕުން ލަންކާގައި މަސައްކަތްކުރީ އަދި ކުރަން ވިސްނަނީ ކިހިނެއްތޯ ކަމަށެވެ. އަދި އެކުންފުނީގެ ތަސައްވުރަކީ ލަންކާއަށް ފައިދާކުރާނެ ތަސައްވުރެއްނަމަ، އެކުންފުންޏާއިއެކު މަސައްކަތްކުރާނެކަމަށެވެ.

އަދާނީ ގްރޫޕުން އިންޑިއާގައި ޕްރޮޖެކްޓްތައް ހޯދުމަށް އިންޑިއާ ސަރުކާރަށް ރިޝްވަތުދޭކަމަށް ބުނެ އެކުންފުނީގެ ވެރިޔާ ގައުތަމް އަދާނީއާއި ކުންފުނީގެ ބައެއް އިސްވެރިންގެ މައްސަލަ ބަލަން އެމެރިކާއިން ވަނީ ފަށާފައެވެ. އެއާއެކު ލަންކާގައި އަދާނީ ކުންފުނިން ހިންގަން ތައްޔާރުވަމުން އަންނަ ބޮޑު 2 ޕްރޮޖެކްޓެއްގައި ގޯހެއް އުޅޭތޯ ބަލާނެކަމަށް ލަންކާއިން ވަނީ ބުނެފައެވެ. ލަންކާގައި ވައިން ހަކަތަ އުފައްދާ 2 ޕްލާންޓަކަށް 442 މިލިއަން އެމެރިކާ ޑޮލަރު އަދި ކޮލޮމްބޯ ޕޯޓްގެ ޓަރމިނަލްއަކަށް 553 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް އަދާނީއިން ދަނީ ތައްޔާރުވަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ޑިސަނަޔަކަ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް މިކުރެއްވީ އިންޑިއާއަށެވެ. އަދި އަންނަ ޖެނުއަރީ މަހު ޗައިނާއަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.