ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިފް ވާހަކަދައްކަވަނީ
ހަބަރު
19 Dec 2024 | 18:20
ކޮރަޕްޝަނުގެ މައްސަލަ ބަލަން ޖެހޭނީ ގޯތިތައް ދިނުން ލަސްނުވާގޮތަށް: ސައިފް

އުސޫލާ ހިލާފަށް އެޗްޑީސީން ގޯއްޗެއް ދިން މައްސަލަ ބަލަމުންދާއިރު، އެކަމުގެ ސަބަބުން ގޯތިތައް ދޫކުރުން ލަސްވެގެން ނުވާނޭކަމަށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާލެސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުގެ އުސޫލްތަކާ ހިލާފަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެއަށް ގެވަޅެއް ދިން މައްސަލަ ފެންމަތިވެފައިވާއިރު، ސަރުކާރާއި ފުލުހުންގެ މުއައްސަސާތެރެއިންވެސް މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

މިކަމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފާތިހް ވިދާޅުވީ، އުސޫލާ ހިލާފަށް ދޫކުރި ގޯތީގެ މައްސަލަ ބަލަމުންދާއިރު، އެކަން ކުރިއަށްގެންދަން ޖެހޭނީ ގޯތިތައް ދޫކުރުން ލަސްނުވާ ގޮތެއްގެ މަތިންނެވެ.

މިގޮތުން އެ މައްސަލަ ތަހުގީގުކުރުމުގެ ނަން އަޅުވާފައި ރައްޔިތުންނަށް ގޯތިތައް ދޫކޮށް ނިންމުމަށް ހުރަސްއެޅޭގޮތަށް ކަންކަން ވެގެންދިއުމަކީ ޑިމޮކުރެޓްސްއިން ބަލައިގަންނާނޭ ކަމެއްނޫންކަމަށް ސައިފް ވިދާޅުވިއެވެ. ސައިފް ވިދާޅުވީ، އެޗްޑީސީން އުސޫލާ ހިލާފަށް ގެވަޅެއް ދޫކޮށްފައިވާއިރު، ކަންކަން ހިނގާދިޔަގޮތުން ހުޅުމާލެއިން ދޫކޮށްފައިހުރި ބިންތަށް ދޫކޮށްފައިހުރިގޮތް ބަލަންޖެހޭ ކަމަށެވެ. މިގޮތުން މާލެސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނޭހެން ހުޅުމާލޭގެ ބިމުގެ މިނިވަން އޮޑިޓެއް ކުރަން ޖެހިފައިވާކަން ސައިފް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެންނަށް މި އިވެނީ ފުލުހުން އެޗްަޑީސީއަށް ވަތް ވާހަކައާއި އެޗްޑީސީގެ ބޯޑާއި އެމްޑީ ސަސްޕެންޑްކުރި ވާހަކަ އާއި، ޕީޖީ ވެސް އެ މައްސަލަ ތަހުގީގުކުރުމަށް އަމުރުކުރި ވާހަކަ އާއި ފުލުހުން އެތަނަށް ވަތްވާހަކަ. އަޅުގަނޑުމެން ދަންނަވަން ބޭނުން މިއިން އެއްވެސްކަމެއް ބޭނުންކުރައްވައިގެން ނުވާނެ ގޯތިތައްދިނުން ލަސްކުރުމުގެ ހުއްޖަތެއްގެ ގޮތުން. 

ސައިފް ވިދާޅުވިއެވެ

ނޫސްވެރިްނގެ މި ބައްދަލުވުމުގައި ސައިފް ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލްގެ ބެުމުގެ ދަށަށް ބަދަލުކުރުން ލަސްވާ މައްސަލާގައިވެސް ސަރުކާރަށާއި އެޗްޑީސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ އެކަން އަދި އެގޮތަށް ބަދަލުނުކުރެވި ވަނީ މާލެސިތީ ކައުންސިލްގައި އެކަމަށް އެކަށޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމށެވެ.

އެޗްޑީސީގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ.މުއިިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް
މުހައްމަދު
ގޯތި ދީފައިވަނީ ކަރަޕްޝަން ހިމެނޭ ގޮތަށް. ފުރަތަމަ ބަލަންވީ ގޯއްޗާއި ފްލެޓް ދީފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށްތޯ!
20 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.