އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް ހަވާލު ކުރުން: ފޮޓޯ/ އެމްއޭސީއެލް
ހަބަރު
20 Dec 2024 | 12:42
އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް ދީފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑަކީ ކުންފުނީގެ ސީ.އެސް.އާރު - އެމް.އޭ.ސީ.އެލް ކެއަރގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ.

މި އެވޯޑާއެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުޕްގެ އިތުރުން، ޑޭޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސެއް އެއް އަހަރު ދުވަހުގެ މުއްދަތަށް ދެއެވެ. މީގެ އިތުރުން، އެވޯޑު ލިބުނު ދަރިވަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މިއަހަރުގެ އެވޯޑު ލިބުނު ދަރިވަރުންނަކީ؛

އަލީ މާއިސް މުފީދު،

ނިޝްޔާ ވަހީދު،

އަޙްމަދު ރާއިފް ނަސީމް

ޔަޝާ ޝަފީ ޝަފީޤު

މި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އަދި ކިޔެވުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި، ހާއްސަކޮށް ކަންކަން ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، މުސްތަޤުބަލުގައި ކާމިޔާބު މީހުންނަށް ވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމުގައި ސީ.އީ.އޯ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލްއަކީ މީހުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުން އެމް.އޭ.ސީ.އެލްއާ ގުޅުމަށް ދަޢުވަތު އެރުވިއެވެ.

ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް ޒުހުދުލް ޙައްޤު ވިދާޅުވީ މި އެވޯޑުގެ ސަބަބުން ދަރިވަރުން ކިޔެވުމުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން މިފަދަ ފުރުޞަތުތަކެއް ދަރިވަރުންނަށް ހޯދައިދިން ކަމަށްޓަކައި، ކުންފުނީގެ އިސްވެރިންނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

އެމް.އޭ.ސީ.އެލް ކެއަރ ގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހިންގުންތެރި މީހުން އުފެއްދުމަށް ވެވޭ އެހީއެކެވެ. މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ސީ.އެޗް.އެސް.އީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް އެމް.އޭ.ސީ.އެލް އިން ދަނީ ފައިސާގެ އިނާމުވެސް ދެމުންނެވެ. އެމް.އޭ.ސީ.އެލް ކެއަރ ގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ