ޝެއިޚް އަހުމަދު ސަމީރު
ހަބަރު
20 Dec 2024 | 15:40
ޝައިޚް ސަމީރުގެ "ޒުވާނުންނަށް" ދަރުސް މިރޭ

އަލް ޢަސްރުގެ ޒުވާނުންގެ ޕްރޮގްރާމް، ”ޔެޕް“ ގެ  ޚާއްޞަ އިވެންޓެއްގެ ގޮތުގައި މިރޭ "ޒުވާނުންނަށް" މި ނަމުގައި ދަރުހެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

މި ދަރުސް މިރޭ 08:30 ގައި އިސްލާމީ މަރުކަޒު ހޯލުގައެވެ.

މި ދަރުހުގައި ޒުވާނުންނާގުޅޭ މުހިންމު މަޢުލޫމާތުތަކެއް އައްޝައިޚް އަޙްމަދު ސަމީރު ދެއްވާނެ ކަމަށް އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއެވެ.

އަލް އަސްރުން ބުނީ، ޔެޕް ގެ މިފަހަރުގެ މި އިވެންޓަކީ މުޅިން ހިލޭ ބައިވެރިވެވޭ އިވެންޓެއް ކަމަށެވެ. ޒުވާން ފިރިހެން އަދި އަންހެން ބޭފުޅުންނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދެވޭ މި އިވެންޓުގައި ބައވެރިވުމަށް ރެޖިސްކޮށްލުމަށް ނަން، އުމުރު އަދި ގުޅޭނެ ނަންބަރެއް ޖެއްސެވުމަށްފަހު 7925277 މެސެޖު ނުވަތަ ވައިބަރ ކޮށްލެއްވުމުން ރެޖިސްޓަރ ވެވޭނެކަމަށް އަލް ޢަސްރު ބުންޏެވެ.

ޝެއިޚް ސަމީރުގެ ޒުވާނުންނަށް ދަރުހުގެ އިތުރުން، އަންނަ ހޮނިހިރު ދުވަހު "ވިނިންގް އެޓިޓިއުޑް – އެމްޕަވަރިންގ ޔޫތު ފޯ އެކްސަލެންސް" ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހުފައެވެ. މި އިވެންޓް ހުށައަޅާ ދެއްވާނީ އައްޝައިޚް ޖަޢުފަރު މުޙައްމަދު އުޘްމާނެވއ.

މީގެ އިތުރުން އަލް ޢަސްރުން މަޢުލާމާތު ދެމުން ބުނީ މި އިވެންޓުގައި ރާއްޖެއަށް ރަން ތަށި ހޯދައިދިން ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއާއި އަދި ފުޓްސެލް ކިންގް މުޙައްމަދު އަރީޝްވެސް ގެސްޓް ސްޕީކަރސްގެ ގޮތުގައި ފެނިގެންދާނެކަމުގައެވެ.

ޔޫތު އެމްޕަވަރމެންޓް ޕްރޮގްރާމް (ޔެޕް) އަކީ އަލް ޢަސްރުގެ ފަރާތުން ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ސީރީޒް ޕްރޮގްރާމެކެވެ. އަދި ކޮންމެ މަހަކުވެސް "ޔެޕް" ގެ އިވެންޓެއް ކުރިއަށް ގެންދިޔުމަކީ ޓީމުގެ ލަނޑުދަނޑިއެއް ކަމަށް އަލް އަސްރުން ބުނެއެވެ.

އަދި އަމިއްލަ ނަފްސު ތަރައްޤީ ކުރުމާއި ގުޅޭގޮތުން ހާއްސަކުރެވިފައިވާ ސެޝަކާއި، އައްޑަނަ ވޯރކްޝޮޕާއި، ޖަވާބު އެކެޑަމީ އާ ގުޅިގެން "އޭއައި އެންޑް މެޝިން ލަރނިންގ" އިވެންޓަކާއި މިނޫންވެސް އެކިއެކި ސެޝަންތައް  ޒުވާނުންނަށް ޚާއްޞަކޮށްގެން އަސްރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. "ޔެޕް" އަކީ 2012 އިން ފެށިގެން އަލް ޢަސްރުން ކުރިއަށް ގެންދަމުންދާ ޕްރޮގްރާމެކެވެ.

އަދި ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ވިސްނުން ކުރިއަރުވައި ތަފާތު ދާއިރާތަކަށް އަހުލުވެރި ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ދަށުން އުފެއްދުމަކީ މި ސެޝަންތަކުގެ މަޤްޞަދުކަމުގައި އަލް ޢަސްރުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ