އަކްރަމް ކަމާލުއްދީނާއި އާރިފު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 Dec 2024 | 21:06
އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި

އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަކްރަމް ކަމާލުއްދީންއާ އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓްވެސް ހިފަހައްޓައިފި އެވެ.

އެ މައްސަލާގައި، އަކްރަމްގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު އާރިފްއާ، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދުއާ، ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ އެވެ.

އެ އެންމެންގެ ޕާސްޕޯޓްވެސް ހިފަހައްޓާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެން ނުޖެހޭ ބަޔަކަށް ގޯތި ދިން މައްސަލައާއި ގުޅިގެންނެވެ. އަދި އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ އޭސީސީގެ ތަހުޤީޤްގެ ބޭނުމަށެވެ.

އަކްރަމް އާއި ކުރީ ސަރުކާރުގެ ހައުސިންގެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު، އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގޯތި ހިޔާނާތުގެ މައްސަލާގައި ބަޔާން ނެގި މީހުންނަށް ލިޔުންދިނީ އެ ސަރުކާރުގައި ކަމަށް އެ ބަޔާންނެގި ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އެގޮތުން ފަޒުލްގެ ބޭބެ، ފަޒީލްވެސް އަކްރަމްއާ ބައްދަލުވިކަމަށް ތަހުޤީޤްގައި މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ.

އެއާއެކު މިހާރުވަނީ، އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުވާ މީހުންގެ ތެރޭގައި ހިމެނޭ ފަޒުލް ރަޝީދާއި، ފަޒީލް ރަޝީދު ހިމެނޭހެން، ހައުސިން މިނިސްޓްރީއާ، އެޗްޑީސީގެ ގިނަ ވެރިންތަކެއްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން