މާލެއަށް ވާރޭ ވެހިފައި. ފޮޓޯ: ވޮއިސް
ހަބަރު
21 Dec 2024 | 09:37
މިދިޔަ 24 ގަޑިއިރުރު، އެންމެގިނައިން ވާރޭ ވެހުނީ މާލެއަށް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެގިނައިން ވާރޭ ވެހުނީ މާލެސިޓީއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މާލެއަށް ވަނީ 136.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެ އަދި ހުޅުލެއަށެވެ. އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު، ދަރަވަންދޫ ގާފަރު އަދި ތޮއްޑޫއަށްވެސް ވަނީ ރެކޯޑް އަދަދަކަށް ވާރޭ ވެހިފައެވެ.

މާލެއަށް ވެހުނު ވާރޭގައި އާއްމު ދަތުރުފަތުރަށް އުނދަގޫވާވަރަށް ވަނީ ފެންބޮޑުވެފައެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަނުމާއި، ފިހާރަތަކަށް ފެންވަދެފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އަދި ޑިޒާސްޓާ އޮތޯރިޓީން ވަނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ވިއްސާރަވެދާނެތީވެ، ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އިލްތިމާސްކޮށްފައެވެ.

ރޭ ވެހުނު ބޯ ވާރޭގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ޓީމުތަކުން ވަނީ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އަދި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށް ފެންވަންނަމުންދާތީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޓީމުތަކުން ވަނީ، އާދައިގެ މަތިން ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާގޮތުގައި އަދިވެސް މާލެ ސަރަހައްދަށް މޫސުން ގޯހެވެ. މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ތ އަތޮޅަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ހުދު ސަމާލް ނެރެފައެވެ. މެޓް އޮފީހުން ބުނީ މިއަދު ހެނދުނު ނުވައަކުން ފެށިގެން މެންދުރުފަހު ތިނެއް ޖެހުމާ ހަމަޔަށް ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަ ވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީން ބުނީ، ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާތީ ކަމާއިގުޅޭ އިދާރާާތަކާއި ގުޅިގެން އިޖާބަ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

ކޮމެންޓް
ނުބާލާނޭންގޭ ެ
އެހެން ތަންތަނަށް ވާރޭ ވެހުނުވަރެއް ބަލަނީއެއްނޫން. ބެލި ތާކުން ދޯ ވާރޭވެހުނު ވަރެއް އެނގޭނީ
21 Dec 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.