އިއްތިހާދުގެ ބޯޓެއް
ހަބަރު
21 Dec 2024 | 10:28
މޫސުން ގޯސްވުމުގެ ސަބަބުން އިއްތިހާދު އެއާވޭސްގެ ބޯޓެއް، ވީއައިއޭގައި ޖައްސަން ގަޑިއިރެއް!

މޫސުން ގޯސްވުމުގެ ސަބަބުން އިއްތިހާދު އެއާވޭސްގެ ބޯޓެއް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ރަންވޭގައި ނުޖެއްސި ގަޑިއިރެއްހާ ވަގުތު މަތީގައި ހޭދަކޮށްފިއެވެ.

ފްލައިޓް ޝެޑިއުލް ޑޭޓާއިން އެނގޭގޮތުގައި އިއްތިހާދު އެއާވޭސްގެ ފްލައިޓް އީވައި-378 ވީއައިއޭއަށް ޖައްސަން ޝެޑިއުލްކޮށްފައިވަނީ އޮތީ ފަތިހު 05:05 ގައެވެ. ނަމަވެސް އެ ފްލައިޓަށް ޖެއްސުނީ 06:52 ގައެވެ. އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާ މޯލްޑިވްސްއިން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ވީއައިއޭގެ ރަންވޭގައި ބޯޓު ނުޖެއްސި ގަޑިއިރެއްހާ ވަގުތު މަތީގައި ހޭދަކޮށްފައިވާކަމަށެވެ. މި ފްލައިޓް މާލެ އައިސްފައިވަނީ އަބޫދާބީން ފުރައިގެންނެވެ.

އާއްމުގޮތެއްގައި އަބޫދާބީ އާއި ވީއައިއޭއާ ދެމެދު ކުރާ ދަތުރުތަކަށް 4 ގަޑިއިރާ 10 މިނެޓް ނަގައެވެ. ނަމަވެސް މިއަދު އަބޫދާބީން ރާއްޖެއައި އިއްތިހާދު އެއާވޭސްގެ މި ފްލެޓްގެ ޖުމްލަ ދަތުރުގެ ދިގުމިނަކީ 6 ގަޑިއިރުކަމަށް ފްލައިޓް ޝެޑިއުލް ޑޭޓާއިން ދައްކައެވެ.

މޫސުން ގޮސްވުމުގެ ސަބަބުން މީގެ ކުރިންވެސް ބައެއް ފަހަރު މިފަދަ ހާދިސާތައް ހިނގާފައިވާއިރު، ބައެއް ފަހަރު ފްލައިޓް ކޮޅުނބަށް ޖައްސާފައިވެސް އެބަހުއްޓެވެ. މީގެކުރިން ވީއައިއޭ ރަންވޭ ބިޒީވުމުގެ ސަބަބުން ބައެއްފަހަރަށް ފްލައިޓްތައް ދެ ގަޑިއިރު ލަހުންވެސް ޖައްސާފައި އެބަހުއްޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.