ރައީސް ޑރ.މުއިއްޒު
ހަބަރު
22 Dec 2024 | 15:34
ޒުހޫރުގެ އެސިޓީއެއް އަޅުގަނޑަކަށް ނުލިބޭ: ރައީސް ޑރ.މުއިއްޒު

އެޗްޑީސީގެ ތެރޭގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އުސޫލާ ހިލާފަށް ކަންކަން ކުރައްވާތީ އެކަމުގެ ޝަކުވާ ހިމެނޭ ސިޓީއެއް ލިބިވަޑައި ނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ތެރޭގައި ހިނގާދިޔަ ހިޔާނާތާ ގުޅޭގޮތުން ކުރީގެ އެތަނުގެ ޗެއާމަން އަހުމަދު ޒުހޫރު، ރައީސުލްޖުމްހޫރިއްޔާއަށް މީގެ ފަސްމަސް ދުވަސްކުރިން ސިޓީފުޅެއް ފޮނުއްވިތޯ ނޫސްވެރިޔަކު މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެ ފާހަގަކުރާ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮރުމަތީ ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައް2ކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ، އެކަން ބަލައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވީސް ކަމަށެވެ. 

ކޮރަޕްޝަން ނުވަތަ ޤަވާއިދާ ހިލާފަށް ކުރާ އެއްވެސް ކަމެއް ހުއްޓުވުމަށް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. 

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ކޮރަޕްޝަނާއި އުސޫލުން ބޭރުން ކަންކަން ކުރެެއްވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނޭކަމަށެވެ. މިގޮތުން މިފަދަ ކަންކަމުގައި މީގެ ކުރިންވެސް ކަމާބެހޭ ފަރާތްތަކަށް ދަންނަވައިގެން ފިޔަަވަޅުތައް އަޅާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ މި ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައާއި ޤާނޫނާއި ޤަވާއިދުން ބޭރުން ކަންކަން ކުރުމުގައި ދުރުވެފައި އޮތް ސަރުކާރަކަށް ވުންކަމަށެވެ. ރައްޔިތުންނަށް ވީ ވައުދަކީވެސް އެއީކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޓީއެއް އެމަނިކުފާނަށް ފޮނުއްވައި، އެއަށް އަމަލުކޮށްފައިނުވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ކަންކަން އެނގިވަޑައިގެންނެވި ހިސާބުން އޮންނާނީ ފިޔަވަޅުއްތައް އަޅުއްވާފައިކަމަށާއި، މިހާރު މި ހިނގައިގެން އުޅޭ ކަންތަކުގައިވެސް އޮންނާނީ ފުލުހުންނަށް ދަންނަވާފައިކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ ކުރީގެ ޗެއާމަން ޒުހޫރު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ސިޓީގައި ޒުހޫރު ވިދާޅުވިކަމަށް އޭގައި ލިޔެފައިވަނީ، އެޗްޑީސީގެ ތެރެއިން ކަންކަން ވަނީ ފައިސާދޭ މީހުންނަށް އެކަނި ކަމަށެވެ. ޖުލައިމަހުގެ އެއްވަނަ ދުވަހު ފޮނުވިކަމަށް ބުނާ އެ ސިޓީގައި ބުނެފައިވަނީ، ވަކި އަދަދުތަކުން ފައިސާ ދޭ މީހުންނަށް ފްލެޓާއި ގޯތި ލިބޭ ކަމުގެ އަޑުތައް އިވިފައިވާކަމަށެވެ. އަދި ބޯޑުގެ ކަންކަންވެސް މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ކުރައްވަނީ އުސޫލުން ބޭރުން އެމަނިކުފާނަށް ކަންކަން ފަހިވާގޮތަށްކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. މީގެ އިތުރުން އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ފަޒުލް މަޤާމުގެ ނުފޫޒު ބޭނުންކުރާކަމަށްވެސް އެސިޓީގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ