ކުރީގެ ރައީސް ޔާމީން
ހަބަރު
23 Dec 2024 | 08:31
އަޅުގަނޑު ދަންނަ މައުރޫފެއް، ބަސްނުވިކޭ އޮޑިއެއްގައި ނުހުންނަވާނެ: ރައީސް ޔާމިން

އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރުކަމަށް މިއަދު ސަރުކާރުން ހަމަޖެއްސެވި މައުރޫފް ޖަމީލަކީ އެމަޤާމަށް ވަރަށް އެކަށޭނެ ބޭފުޅެއްކަމަށް ކުރީގެ ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ މައުރޫފް ޖަމީލަކީ ކްރެޑިބަލް ބޭފުޅެއްކަމަށެވެ. މިގޮތުން މައުރޫފަކީ ވަރަށް ނަޒާހަތްތެރިވާނެ ބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީނު ސިފަކުރެއްވިއެވެ. އަދި އެމަނިކުފާނު ދަންނަ މައުރޫފް، ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރުއްވާނެ ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

މައުރޫފް ޖަމީލާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ކުރައްވަންޖެހޭ ވަރަށް މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށާއި، މިގޮތުން ރައީސް ނަޝީދުގެ ދައުރުން ފެށިގެން  ރައީސް ޔާމީނު ދައުރުވެސް ހިމެނޭހެން އެޗްޑީސީން ބިންތައް އަދާހަމަޔަށް ދޫކޮށްފައިހުރި ގޮތުގެ މިނިވަން އޮޑިޓެއް ހެއްދެވުން މިވަގުތަށް ވަރަށް މުހިއްމުކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. މިގޮތުން މިކަން ކުރައްވަން މައުރޫފް ޖަމީލަކީ އެންމެ އެކަށީގެންވާ އެއް ބޭފުޅާކަންވެސް ރައީސް ޔާމިނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑު އުއްމީދުކުރަން މައުރޫފް އެކަން ކުރައްވާނެ ކަމަށް. އެހެންނޫނީ މައުރޫފުގެ ބޮލުގައި އެ އެޅެނީ ވަރަށް ވަރުގަދަ އިލްޒާމެއް. ތުހުމަތުތަކެއް. އެއީ ވަކިކަމެއް ހިމާޔަތްކުރަން ވަކިކަހަލަ ގޯސްތަކެއް ފޮރުވަން ކުރާ މަސައްކަތެއް. އެކަމް އެކަމެއް މައުރޫފެއް ނުކުރާނެ. އެގޮތަކަށް ހިމާޔަތެއް ނުކުރާނެ. 

ރައީސް ޔާމީން ވިދާޅުވިއެވެ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މައުރޫފް ޖަމީލް އައްޔަނުކުރައްވާފައިމިވަނީ މިހާތަނަށް އެމަގާމުގައި ހުންނެވި ފަޒުލް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. 

މައުރޫފް ޖަމީލަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. މައުރޫފް ޖަމީލަކީ ރައީސް މައުމޫނު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. މައުރޫފް ޖަމީލަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ކުޅަދާނަ އާކިޓެކްޗަރެކެވެ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް މައުރޫފް ޖަމީލް އައްޔަނުކުރުމާ ގުޅިގެން، ކުރީގެ ރައީސް މައުމޫނާއި އިދިކޮޅު ބައެއް ފަރާތްތަކުންވެސް ވަނީ ރައީސް ޑރ.މުއިއްޒުގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ