އެމްޕީއެލަށް ލިބުނު ޝަރަފްވެރި 2 އެވޯޑް-- ފޮޓޯ: އެމްޕީއެލް
ހަބަރު
23 Dec 2024 | 11:45
ދެކުނު އޭޝިއާގެ ކުންފުނިތަކަށްދޭ ޝަރަފްވެރި ދެ އެވޯޑެއް އެމްޕީއެލްއަށް ލިބިއްޖެ

ދެކުނު އޭޝިއާގެ ކުންފުނިތަކަށްދޭ ޝަރަފްވެރި ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިމަހުގެ 20 ވަނަ ދުވަހު، ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ "ސައުތު އޭޝިއަން ބިޒަންސް އެކްސެލެންސް އެވޯޑް 2024" ބާއްވާފައިވާއިރު، މި ހަފްލާގައި އެމްޕީއެލް އަށް ލިބިފައިވަނީ "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ.

މީގެ ތެރެއިން "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިބުނު އެވޯޑަކަށްވާއިރު، އެމްޕީއެލަށް މި ދެ އެވޯޑްވެސް ލިބިފައިވަނީ، ދެކުނު އޭޝިއާގެ 7 ޤައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމްޕީއެލަށް "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑް ލިބިފައިވަނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީންތައް ދިނުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ.

ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާހައުލެއްގައި ވިޔަފާރި ފުޅާކުރުމާއި، ތަރައްޤީކުރުމާއި، ޒަމާނީކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރުމަށްދޭ މި އެވޯޑް ދެނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހުއެވެ.

ޖުމްލަ ތަފާތު 17 ދާއިރާއަކުން އެވޯޑް ދީފައިވާއިރު، އެމްޕީއެލުން ސިފަކުރިގޮތުގައި މިއީ ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.