ފެނަކަ ކޯޕަރޭޝަން--
ހަބަރު
23 Dec 2024 | 14:14
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމަށް މުޙައްމަދު ނަޖާހު އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އައްޔަނުކޮށްފިއެވެ.

މި މަގާމަށް ނަޖާހް އައްޔަނުކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަނުން ހާމަކޮށްފައިވަނީ ވަނީ އެކްސްގައި ކުރި ޕޯސްޓެއްްގައެވެ.

ނަޖާހު ވަނީ ސިފައިންގޭގައި 21 އަހަރުވަންދެން ހިދުމަތް ކުރައްވާފައެވެ. އޭނާ އެންމެފަހުން މަސައްކަތް ކުރެއްވީ ހެޕީމާކެޓްގައެވެ.

ފެނަކައިގެ އެމްޑީގެ މަގާމް ހުސްވީ އެމަގާމުގައި ކުރިން ހުންނެވި، މުއާޒު މުހައްމަދު ރަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މުއާޒްގެ އިސްތިއުފާގެ ސިޓީގައި އެބޭފުޅާ ވަނީ މި މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ، ފެނަކައަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީ، އެބޭފުޅާ އެ މަގާމުގައި ހުރެގެން އެކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެފައެވެ.

ފެނަކައާ މުއާޒު ހަވާލުވެ ވަޑައިގެންނެވިއިރުވެސް އެ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނިބޮޑު، އަދި ހިންގުމުގެ ހާލަތު އެންމެ ދަށް ކުންފުންޏެވެ. ފެނަކައިން ހަމައެކަނި އެސްޓީއޯގެ ތެއޮ ބިލްތަކަށްވެސް ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނުން ގުނާލެވެއެވެ. ފެނަކައަށް ބަލާއިރު އެކުންފުންޏަކީ ކޮރަޕްޝަނުގެ ކަންތައްތައްވެސް އެންމެބޮޑު އެއް ކުންފުންޏެވެ. މިގޮތުން ފެނަކައާ ގުޅޭ ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން މީގެކުރިން ވަނީ އެސްޓީއޯ ދަށަށް ފެނަކަ ބަދަލުކޮށްގެންވެސް ހިންގަން އުޅެފައެވެ. ނަމަވެސް ފަހުން އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް