މުއާޒް
ހަބަރު
23 Dec 2024 | 17:06
ސަރުކާރަކުން އެއްވެސް ތުހުމަތެއް ނުކުރޭ. ނަމަވެސް ދައްކަންހުރި ލައްކަ ވާހަކަ އެބަހުރި: މުއާޒް

ފެނަކައިން އިސްތިއުފާދިނީ ސަރުކާރުން އެއްވެސް ތުހުމަތެއް ކޮށްގެން ނޫންކަމަށް މިއަދު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވި މުއާޒު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން މުއާޒު އިސްތިއުފާދެއްވީ އޭނާގެ ކޮރަޕްޝަން ކަންތައްތަކެއް ފެންމަތިވުމުންކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުފާދިނީ ސަރުކާރުން އޭނާގެ މައްޗަށް އެފަދަ އެއްވެސްކަމެއް ތުހުމަތުކޮށްގެން ނޫންކަމަށެވެ. ބައެއް ފަރާތްތަކުން މުއާޒަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތްކަމަށާއި، ދައްކަން ޖެހިއްޖެއްޔާ ލައްކަ ވާހަކަ އެބަހުރިކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ގެންދަނީ މުއާޒަށް ކޮރަޕްޝަނުގެ ބައެއް ކަހަލަ ކަންކަމުގެ އިނގިލިދިއްކުރަމުންނެވެ. އެގޮތުން ޕްރޮކިއުމަންޓް ކަންކަމަށް ނުފޫޒު ފޯރުވުމާއި މާލީ މުއާމަލާތްތައް އުސޫލުން ބޭރުން ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ

ފެނަކައިން އިސްތިއުފާ ދެއްވި ސިޓީގައި މުއާޒު ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދޭންޖެހުނީ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުންނާއި، އަދި ކަންކަން ދާގޮތުން ފެނަކައިުގެ މުސްތަގްބަލު ފަހިވާނޭކަމަށް ނުބެލެވޭތީ ކަމަށެވެ.

މުއާޒު އެގޮތަށް ވިދާޅުވިއިރު، މީގެ އަހަރެއްހާ ދުވަސްކުރިންވެސް ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީހާލަތު އެންމެ ދަށް ކުންފުންޏެވެ. ފެނަކައިގެ މާލީހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި ހުރީ 4 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ފެނަކައިގެ ދަރަނީގެ ތެރެއިން އެންމެބޮޑު އަދަދެއް ދައްކަންޖެހެނީ އެސްޓީއޯ އަށެވެ. ފެނަކައަށް ދޫކޮށްފައިހުރި ތެއޮ ބިލްތަކުން އެކަނިވެސް އެސްޓީއޯއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހޭކަމަށް އެސްޓީއޯގެ މާލީބަޔާންތަކުން ދައްކައެވެ.

މުއާޒު ފެނަކައާ ހަވާލުވެ ވަޑައިގެންނެވިއިރުވެސް ފެނަކައިގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭއިރު، ކުންފުންޏާ ހަވާލުވުމަށްފަހު ފުރަތަމަކޮޅު އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތްތަކުގައިވެސް ވަނީ ތަނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މިގޮތުން ކުންފުންޏާ ހަވާލުވާން ޖެހުނީވެސް 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާއެކުގައި ކަން މުއާޒް ވަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ކެންދޫއަށްކުރި ދަތުރުގައި ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ކަން އެގޮތަށް އޮތްނަމަވެސް މި ސަރުކާރުން ފެނަކައިގެ ހާލަތު ރަނގަޅުކުރާނޭކަމަށް މުއާޒު ވަނީ އޭރު ވިދާޅުވެފައެވެ.

މުއާޒު މިއަދު ފެނަކައިން އިސްތިއުފާދެއްވާފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ އެޕާޓީގެ ހަރުގެ ޖަލްސާއެއް މިރޭ 9 ޖަހާއިރު ބޭއްވުމަށް ތާވަލްކޮށްފައެވެ. މި ޖަލްސާއިން ސާފުނުވާ ބައެއް ކަންކަން ސާފުވާނޭކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް