ބީވީއައިއެސްއެމްގެ މެމްބަރުން-- ފޮޓޯ: ބީވީއައިއެސްއެމް
ހަބަރު
24 Dec 2024 | 09:09
ބީވީއައިއެސްއެމްގެ ހިންގާ ކޮމެޓީގެ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ ހިންގާ ކޮމެޓީގެ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބީވީއައިއެސްއެމް ކުރި އިއުލާނެއްގައި ބުނީ، 6 ވަނަ ދައުރަކަށް އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން އެ ޖަމިއްޔާއިން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމްތަކަކީ؟

1) 1 ރައީސް

2) 1 ނައިބު ރައީސް

3) 1 ހިންގާ ސެކްރެޓަރީ

4) 1 އިންތިޒާމް ސެކްރެޓަރީ

5) 1 ޚަޒާންދާރު

6) 1 މީޑިއާ ކޯޑިނޭޓަރ

7) 5 އިތުރު މެމްބަރުން

ބީވީއައިއެސްއެމުން ބުނީ، މި މަގާމުތަކަށް ކުރިމަތިލެވޭނީ އަދި އިންތިހާބީ ޖަލްސާގައި ވޯޓް ލެވޭނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންނަށްކަމަށާއި، ހިންގާ ސެކްރެޓަރީ، އިންތިޒާމް ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަގާމު ފިޔަވައި އެހެން މަގާމުތަކަށް ކުރިމަތިލެވޭނީ ހަމައެކަނި އެ ޖަމިއްޔާގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށެވެ.

އެހެންކަމުން، ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުން، 2 ޖަނަވަރީ 2025 ވަަނަ ދުވަހުގެ ނިޔަލަށް އެކަމަށް ހާއްސަކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ބީވީއައިއެސްއެމުން ވަނީ އެދިފައެވެ. އަދި އެ ޖަމިއްޔާއިން ބުނީ، މި ފޯމު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށާއި، 6 ވަނަ ދައުރަށް ހިންގާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ އިންތިހާބީ ޖަލްސާ އޮންނާނީ 14 ފެބްރުއަރީ 2025 ގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.