އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު-- ފޮޓޯ: ވީސްކޯ
ހަބަރު
24 Dec 2024 | 11:30
އީއޭއައި ފުރިހަމަނުކޮށް އޮޅުވެލި ރިސޯޓު ތަރައްގީކުރުން ކުރިއަށް ގެންދާތީ ޖޫރިމަނާކޮށްފި

އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް  (އީއައިއޭ) ގެ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ކުރިޔަށް ގެންދިޔުމާ ގުޅިގެން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ފުރިހަމަ ކުރުމަކާ ނުލައި އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ބަލަން ފަށާފައިވާކަމަށެވެ.

އެގޮތުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އީޕީއޭ އިން ތަންފީޒުކުރަމުންގެންދާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާކަން ލިޔެކިޔުންތަކުންނާއި ބެލިބެލުންތަކުންވެސް ސާބިތުވާކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ގެ 20 ވަނަ ދަށުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވިފައިވާކަން 11 ޑިސެމްބަރ 2024 ގައި އެންގުމުން، އެ ކުންފުނިން ޖޫރިމަނާއަށްވާ ފައިސާ 18 ޑިސެމްބަރ 2024 ގައި ދައްކާފައިވާކަމަށެވެ.

މިއާއިއެކު،  އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރިޔަށް ގެންދާ އެންމެހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށް ނަސޭހަތްތެރިވެފައިވާކަމަށް ވެސް އީޕީއޭއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.