މަގެއްގެ މަތީގައި އޮތް ބުޅަލެއް-- ފޮޓޯ: ވޮއިސް
ހަބަރު
25 Dec 2024 | 10:14
ރަށްރަށުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ގޯނާ ނުކުރުމަށް އިލްތިމާސްކޮށްފި

ރަށްރަށުގެ މަގުތަކުގައި އުޅޭ ބުޅަލަށް ގޯނާ ނުކުރުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހާނިއްކަކުރުމާއި ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނީއްކަ ކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

މިއީ ޖަނަވާރުތަކުގެ ދުޅަހެޔޮކަމުގެ މިންގަނޑާއި ޚިލާފުކަމަކަށް ވާތީ މިކަން ނުކުރުމަށް އިލްތިމާސްކުރަމުން އެ ވުޒާރާއިން ބުނީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމްގައި ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ 5 މިނިވަންކަމެއް ވާކަމަށެވެ. އެއީ:

1) ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން 

2) ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން

3) ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން

4) ވޭނާއި، ހާނީއްކައާއި، ބަލި ބަލީން މިންޖުވުމުގެ މިނިވަންކަން

5) އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޮޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިޔަތުކަމެއް ދީފައިވާކަމަށާއި، މީގެ ތެރޭގައި ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވުމަށާއި، އިލްމީ ދިރާސާ ކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނޭކަމަށެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެއްޗެއްގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށް އަޅާލުމާއި ލޯބިދީގެން ގެންގުޅޭ އެއްޗެެއްކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، އެފަދަ ތަކެތި މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމެންނަށް ލިބެމުންދިޔަ އަޅާލުމާއި ލޯބިން މަހުރޫމްވެ، ކަންބޮޑުވުމާއި ހިތްދަތިކަން ތަހައްމަލު ކުރުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި އަމާންވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާއި ދޯޅަވެ ގާތުގައި އުޅުން ކަމަށެވެ.

މިފަދަ ޖަނަވާރުންނަކީ ބުއްދިއެއް ނުވާ އެއްޗަކަށްވާތީ އެސޮރުމެންގެ ފަރާތުން އިންސާނުންނަށް އުނދަަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާކަމެއްކަމަށާއި، ނަމަވެސް އެއީ އެ ތަކެއްޗަށް ގޯނާކުރަން ލިބޭ ސަބަބެއް ނޫންކަމަށާއި، އެފަދަ ކަމެއްކުރުމަކީ އިންސާނިއްޔަތާވެސް ޚިލާފު ޢަމަލެއްކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުންވެސް މާތްވެގެންވާ އިސްލާމް ދީނުގައިވެސް ދިރޭތަކެއްޗަށް ރަޙުމުކޮށް، އަޅާލައި، އޯގާތެރިވުމަށް ވަނީ ބާރުއަޅުއްވާފައިވުމުން ރާއްޖޭގައި އުޅޭ އެއްވެސް ޖަނަވާރަކަށް އަނިޔާވެރިވުން ފަދަ ނޭދެވޭ ކަންކަމުން ދުރުވެ އެތަކެއްޗަށް އަޅާލައި، އޯގާތެރިވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.