ހައްޖުވެރިންތަކެއް--
ހަބަރު
24 Dec 2024 | 23:29
ހައްޖުގެ އަޅުކަން އަދާނުކުރެވި ތިބި މީހުންނަށް އިސްކަންދޭގޮތަށް އުސޫލަށް ބަދަލުގެންނަން މަސައްކަތްކުރަނީ

ހައްޖުގެ އަޅުކަން އަދާނުކުރެވި ތިބި މީހުންނަށް އިސްކަންދޭގޮތަށް އަމަލުކުރުމުގެ ވިސްނުން ހުރިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.

ވަޒީރު ޝަހީމް މިފަދައިން ހާމަކުރައްވާފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ވަޒީރު ޝަހީމް ވިދާޅުވީ، ފަރުޟު ޙައްޖު އަދާކޮށްފައި ތިބޭ ފަރާތްތަކަށް ދެވަނަ ހައްޖެއް ކުރެވޭނީ ހައްޖުކުރާތާ 5 އަހަރު ފަހުންކަމަށް ބައެއް ޤައުމުތަކުގައި އުޞޫލުތައް ހަދާފައިހުންކަމަށެވެ. 

މިއީ ފަރުޟު ނުވަތަ  ފުރަތަމަ ހައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކުރާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ޝަހީމް ވަނީ ރާއްޖޭގައި މިފަދަ އުސޫލެއް ގާއިމްކުރުމާއިމެދު އާއްމުންގެ ހިޔާލަށް ހުޅުވާލައްވާފައެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ޢުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ފުރުޞަތު ދިނުމުގައި އިސްކަންދިންނަމަވެސް، ޙައްޖަށް ދިއުމަށް ބޭނުންވާ ޢަދަދަށް ފައިސާ ދައްކައިފިނަމަ ކޮންމެ މީހަކަށްވެސް ފުރުޞަތުދޭއިރު، އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް އިސްކަންދޭނެ ތަރުތީބެއް ނެތެވެ.

ރަސްމީ ކޯޓާގެ ގޮތުގައި ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާކަމަށްވާއިރު، ލިބޭ މަދު ކޯޓާއިން ޙައްޖުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ނުލިބޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.