އިސްލާމިކް މިނިސްޓްރީ
ހަބަރު
25 Dec 2024 | 12:09
އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި، ހުރިހާ ރަށެއްގެ ކައުންސިލަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމަށް އެ މީހުންނަށް އިރުޝާދު ދޭންވާނެ ކަމަށެވެ.

މިގޮތުން  ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ގަވާއިދުގައި، ރާއްޖޭގައި އުޅޭ އަދި ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި، އާންމު ތަންތަނުގައި ޖަމާއަތްހަދައިގެން ދީނީ ހަރަކާތްތައް ހިންގުމާއި، މިފަދަ ހަރަކާތްތަކުގައި ދިވެހިން ބައިވެރިކުރުންވެސް މަނާކުރެއެވެ.

މިއާއިއެކު، އިސްލާމިކް މިނިސްޓްރީން ވަނީ ގެސްޓް ހައުސް ހިންގާ ރަށްރަށުގައިވެސް ގަވާއިދާ އެއްގޮތަށް އުޅުމަށާއި، އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ހެދުމެއްގައި އުޅުމަށް ޓޫރިސްޓުންނަށް އިރުޝާދުދީ، ކައުންސިލްތަކަށް މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މިފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.