އެމްޑަބްލިއުއެސްސީ
ހަބަރު
25 Dec 2024 | 16:25
އައިބީއެމުން ލޭބާ އެކަމަޑޭޝަން އެއްބަސްވުން ބާތިލްކޮށްފި

ޤައުމީ ފެންކުންފުނީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް)ގެ މަސައްކަތްތެރިން ތިބުމަށް ހޯދި ތަނުގެ އެއްބަސްވުން އައިބީއެމުން ބާތިލްކޮށްފިއެވެ.

އައިބީއެމުން ކުއްޔަށް ތަނުގެ އެއްބަސްވުން ބާތިލްކޮށްފައިވަނީ، ބިޑްކުރުމެއްނެތި ބޮޑު އަގުގައި ކުއްޔަށްނެގި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ އެއްބަސްވުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މީގެކުރިން މަހަކު 60،000 ހާސްރުފިޔާގެ އަގަކަށް ކުއްޔަށް ހިފިތަން، އެންމެފަހުން ކުއްޔަށް ހިފާފައިވަނީ މަހަކު 200،000 ރުފިޔާ ދައްކާގޮތަށްކަމަށް ލީކުވި ލިޔުންތަކުން އެނގެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު އެވާހަކަދައްކައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައިބީއެމަށް ލޭބަރ އެކަމޮޑޭޝަން ހޯދުމުގެ އަގުތަކާއި ގުޅޭ ޝަކުވާއެއް މީގެ ދުވަސްކޮޅެއް ކުރިން ލިބިފައިވާކަމަށެވެ. އެގޮތުން އެކަން ކުރިޔަށް ގޮސްފައިވާގޮތާ އަގުތައް އިންޓަރނަލް އޮޑިޓް ޓީމުން ބެލުމަށްފަހު ބޯޑުގައި މަޝްވަރާކުރެވި އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގައި، މިހާރުގެ އެއްބަސްވުން ބާޠިލުކޮށް ލޭބަރ އެކޮމޮޑޭޝަންެ ހޯދުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް އައިބީއެމްއަށް އަންގާފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކަށް ބަާއިރު، ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏަކުން ނެގި އެތަން ކުއްޔަށް ނަގާފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަކަށެވެ. އެއީ 12 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ
13 Jun 2026
މީކާއީލަށް މެޖޯރިޓީ ނެގުނީ ޅ އަތޮޅުން އެކަނި، ހުރިހާ ސިޓީތަކެއް ނަޝީދަށް ބޮޑު މޮޅެއް
މީކާއީލަށް މެޖޯރިޓީ ލިބުނީ ޅ އަތޮޅުން އެކަންޏެވެ. އެއީ ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރުން ހޯއްދެވި ބޮޑު ކާމިޔާބީގެ ސަބަބުންނެވެ.
13 Jun 2026
ޗެއާޕާސަން އިންތިހާބު: ވޯޓްލީ 30،600 މެންބަރުން، ނަޝީދު 20،900 ވޯޓް ހޯއްދެވި
މި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 20,943 ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓްލީ މީހުންގެ 69 އިންސައްތަ ވޯޓެވެ.
12 Jun 2026
މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ, ދެއްވީ އެމްޑީޕީގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން
"އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނަު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން," މީކާއީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.