ދެ މިލިއަން ވަނަ ފަތުރުވެރިޔާ.. ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
26 Dec 2024 | 09:58
ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް މިއަދު ޒިޔާރަތްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަމާޒަށް މިއަދު ވާސިލްވެއްޖެއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ހެނދުނު ރާއްޖެ އައިސްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއޭސީއެލްގެ އިތުރުން އެމްއެމްޕީއާރުސީއާ ފަތުރުވެރިިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ފަތުރުވެރިޔާއަށް މަރުހަބާކިޔާފައެވެ. މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ހަފްލާއެއް ބާއްވާފައިވާއިރު، މި ހަފްލާ ޝަރަފްވެރިކޮށަްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެވެ. ދެމިލިއަން ވަނަ ފަތުރުވެރިއަކީ އޮސްޓްރިއާގެ އެސްޓްރިޑް ޑިރްނެގަރ އެވެ.

ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން މިއަދު ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުހިފާފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.

އަހަރުގެ މިހާތަނަށް ޓޮޕް 5 މާކެޓް:

1. ޗައިނާ: 261,821

2. ރަޝިއާ: 217,724

3. އިނގިރޭސިވިލާތް: 176,312

4. ޖަރުމަނުވިލާތް: 153,319

5. އިޓަލީވިލާތް: 136,916

ސަރުކާރުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން އެ ސިނާއަތުގެ ވިޔަފާރީގެ ދާއިރާތައް ފުޅާކުރުމަށް ކަންތައްތަކެއް ކުރުމަށް ނިންމާފައެވެ. މިގޮތުން މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް މަރުކާގެ ވައިޑް-ބޮޑީ އެއާރކްރާފްޓެއް ގެނެސް މުހިއްމު ބައެއް މާކެޓްތަކަށް ދަތުރުތައް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެންމެ ފުރަތަމަ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ތިން ސިޓީއަކަށެވެ. އެއީ ބެއިޖިން، ޗެންދޫ، އަދި ޝަންހާއީއެވެ. 

އެ ތިން މަންޒިލަކީ މީގެ ކުރިންވެސް ރާއްޖެއަށް ސީދާ ދަތުރުތައް ބޭއްވި މަންޒިލްތަކެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު މާކެޓެއްކަމަށް މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަނުން ބުނެއެވެ. ކޮވިޑް ކުރިއަށްޖެހިލާއިރު، އެއް ޤައުމަކުން ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން އައި މަންޒިލަކީ ޗައިނާއެވެ. ކޮވިޑަށްފަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރަމުން އައި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް މިއަހަރުގެ ތެރޭ ޗައިނާއިން އަނެއްކާވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްވަނަ މާކެޓަށް ވެފައެވެ. މިއަހަރުގެ މިހާތަނަށް ޗައިނާގެ ސިޓީތަކުން ރާއްޖެއަށް 261,821 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.